ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި

Igmh
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ މަޢުލޫމާތުތައް ޔަޤީންކުރުމަށްޓަކައި ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ގެދޮރުވެރިކަމުގެ އުސޫލުތައް ހަރުދަނާކޮށް، މިއަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހު ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލިއެވެ. މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ހުށައެޅިފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދެނެގަތުމަށްޓަކައި ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވި ގޮތުގައި، މި މަރުޙަލާގައި ކުރަނީ ފޯމުތަކުގައި ހުށައަޅާފައިވާ މަޢުލޫމާތުތައް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތަކާ އަޅާކިޔުމުގެ މަސައްކަތެވެ. މީގެ ތެރޭގައި މާލޭގައި ދިރިއުޅުނު މުއްދަތު ފަދަ މުހިއްމު މަޢުލޫމާތުތައް ސައްހަތޯ ބެލުން ހިމެނެއެވެ. ބައިލައްކައަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާތީ، މި މަސައްކަތަކީ ވަގުތު ނަގާނެ ކަމެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މިފަހަރުގެ ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ އިދާރީ މަސައްކަތްތައް ދުރާލާ ނިންމައި، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ތައްޔާރީތަކެއް ވުމަށެވެ. މީގެކުރިން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގައި ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ފުރުޞަތު ހުޅުވާލުމުގެ ސަބަބުން ދިމާވި ދަތިތަކާއި ޝަކުވާތައް މިފަހަރު ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ވަނީ އަޒުމު ކަނޑައަޅާފައެވެ. މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމައި އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުތައް ކައިރިކުރުން މަނާކޮށްފި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި

43

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

43

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ