ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޒިޔަތު އިސްތިއުފާ ދެއްވިކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. ޒިޔަތު އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް، އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުގެ މަގާމުން މިދިޔަ މާރިޗު މަހުގެ 16ވަނަ ދުވަހު އޭނާ ވަކިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްކަން ފާހަގަކުރެވެއެވެ. ބޯޑު މެންބަރުކަމުން ވަކިކުރުމަށްފަހު އޭނާ ހުންނެވީ ހަމައެކަނި ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ޒިޔަތު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، އެމްޕީއެލްގެ ބޯޑަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން ވަނީ އައްޔަންކުރައްވައިފައެވެ. ލަމްޢާންއަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، މިފްކޯގެ އިސް މަގާމުތައް ފުރުއްވާފައިވާ، ކޯޕަރޭޓް ގަވާނަންސް އަދި ލީޑާޝިޕްގެ ދާއިރާއިން ތަޖުރިބާ ހުރި ބޭފުޅެކެވެ. ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިފައެވެ. މިވަގުތު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ތިއްބެވީ މުޙައްމަދު މުޢީނާއި ޢަލީ ހާޝިމެވެ.

HajjCop_ads
Advertisement

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޒިޔަތަކީ މީގެ ކުރިން އެމްޓީސީސީގެ ސީއީއޯކަން އަދި އެސްޓީއޯގައި 15 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ