ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސޭފްޓީ ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން މުވައްޒަފުންނަށް އަމާޒުކޮށްގެން އަލިފާން ނިއްވުމުގެ އަސާސީ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށާއި އެފަދަ ހާދިސާއެއް ހިނގައިފި ހާލަތެއްގައި އަމަލުކުރަންޖެހޭނެ ރަނގަޅު ގޮތްތައް މުވައްޒަފުންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުއްލި ހާލަތްތަކުގައި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުވެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަނީ ތިއަރީ އަދި އަމަލީ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. ތިއަރީ ސެޝަންތަކުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި އަލިފާނުގެ ބާވަތްތަކާއި އަދި އެކި ބާވަތުގެ އަލިފާން ނިއްވުމަށް ބޭނުންކުރަންޖެހޭ އާލާތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އަމަލީ ސެޝަންތަކުގައި އަލިފާން ނިއްވާ ފުޅި ފަދަ އާލާތްތައް ބޭނުންކުރާނެ ގޮތް ފަރިތަކޮށް ހާދިސާއެއްގެ ވަގުތުގައި އަވަސް ފިޔަވަޅުތައް އަޅާނެ ގޮތުގެ އަމަލީ ތަޖުރިބާ ވަނީ ފޯރުކޮށްދީފައެވެ.

HajjCop_ads
Advertisement

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް މިފަދަ ސަލާމަތީ ތަމްރީނުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުންފުނީގެ އެންމެހާ މުވައްޒަފުންނާއި މުދަލުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މުދާ ހުސްކުރާ މުއްދަތު ދެ ދުވަހަށް އަވަސްކުރަނީ

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

B 202608060845411786031141.741

ތިލަފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް ސްޓޭކްހޯލްޑަރުންގެ ހާއްސަ ބައްދަލުވުމެއް