ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ގައުމަކަށް، މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯ ވެއްޖެއެވެ. މެކްސިކޯއިން ނޮކްއައުޓް ޖާގައެއް ކަށަވަރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި، ސައުތު ކޮރެއާގެ މައްޗަށް ކުރިހޯދައިގެންނެވެ. މެކްސިކޯ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި، މެޗުގެ 50 ވަނަ މިނެޓުގައި ލުއިސް ރޯމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ސައުތު ކޮރެއާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 87 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ބޮލުން، ކޮރެއާގެ ޗޯ ގުއެ ސަންގް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ މެކްސިކޯގެ ކީޕަރު ރައުލް ރޭޏްޖަލްއެވެ.
މެޗުގައި ލީޑު ފުޅާކުރަން މެކްސިކޯއަށް، 75ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ރައުލް ހިމެނޭޒް، ހަނި އޭންގަލަކުން ފޮނުވާލި ހަމަލާއަށް ހުރަސްއެޅީ ކޮރެއާގެ ކީޕަރެވެ.
މެޗުން ހޯދި މޮޅާއެކު މެކްސިކޯއަށް ވަނީ މި ގުރޫޕުގެ އެއްވަނަ މަގާމުވެސް ކަށަވަރުވެފައެވެ. ސައުތު ކޮރެއާ އަތުން ހޯދި މޮޅާއެކު ދެ މެޗުން ޖުމްލަ ހަ ޕޮއިންޓް މެކްސިކޯއަށް ލިބިފައިވާއިރު، ސައުތު ކޮރެއާއަށް ވެސް އަދި ނޮކްއައުޓް ސްޓޭޖުން ޖާގަހޯދެން އެބައޮތެވެ.










ކިޔުންތެރިންގެ ހިޔާލު