ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްގެ މައްސަލަތަކުގައި 33 މިލިއަން ރުފިޔާގެ ގެއްލުން

STO_Ads
Maldivian_Ads
TTH_Ads
Advertisement

މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގައި 33 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީމިދިޔަ އަހަރުން ފެށިގެން މިހާތަނަށް 2700އަށްވުރެ ގިނަ ސްކޭމްގެމައްސަލަ ރިޕޯޓުކޮށްފައިވާކަމަށެވެ.

ހެޑް އޮފް އެންޓި ސްކޭމް ސެންޓަރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ރިޕޯޓްކޮށްފައިވާ 2700 ސްކޭމް މައްސަލައިގައި ޖުމްލަ 33 މިލިޔަން ރުފިޔާ ގެއްލުން ވެފައިވާކަމަށެވެ. ނަވީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ސްކޭމްތައް ހިންގާ ގޮތާއި އެއްފަދައިން ރާއްޖޭގައިވެސް ހިންގާ ސްކޭމްތަކުގެ %90 ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމްތައްކަމަށެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުންކަމަށް ނަވީދު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އަޅުގަނޑުމެން 2025 އިން 2026 އާއި ހަމަޔަށް ބަލާއިރު 2700 މައްސަލައެއް ރިޕޯޓްކޮށްފައެބަވޭ. މިދަންނަވާ މައްސަލަތަކުން ގެއްލުންވި ޖުމްލަ އަދަދު 33 މިލިޔަނަށްއަރާ.

ނަވީދު ވިދާޅުވިއެވެ.

ނަވީދު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. ވޯލްޑްކަޕްގެ ފޯރި ގަދަވަމުންދާއިރު ވޯލްޑްކަޕާއި ގުޅިގެން ޓްރެންޑްބޭސްޑް ސްކޭމްތައްވެސް އިތުރުވަމުންދާކަމަށާ މިކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަށްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ ބޮޑު ކުރިއެރުމެއް

scam alert

ސްކޭމް: ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން

88887

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި

scam alert

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސްކޭމެއް