ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

Sstv FORM FOR EC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔަވި ޚަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ. މި ދަނޑިވަޅަކީ މުޅި ޤައުމީ ދިފާޢީ ބާރަށާއި އޭނާގެ ޢާއިލާއަށް ބޮޑު ހިތާމައެއް ލިބިގެންދިޔަ ވަގުތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ވަރަށް އިޚުލާޞްތެރިކަމާއެކު ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭކަލެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާ ވަނީ 21 އަހަރާއި 7 މަހާއި 16 ދުވަހު ދިވެހި އަސްކަރިއްޔާގައި އަގުހުރި ޚިދުމަތްތަކެއް ޤައުމަށްޓަކައި ކޮށްދެއްވާފައެވެ. އޭނާގެ ޚިދުމަތަކީ ސިފައިންގެ މުއައްސަސާއިން އަބަދުވެސް ހަނދާންކުރާނެ ޚިދުމަތްތަކެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ހިތާމައިގެ މިދަނޑިވަޅުގައި، މަރުޙޫމްގެ ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި الله އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

472812 55af6ac5 d

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

HSPSDOCaYAApIDN

އައްޑޫ ލިންކް ރޯޑު މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

DSC

ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ޕީއެންސީން އަބަދުވެސް އިސްކުރާނީ ޤައުމީ މަޞްލަޙަތު: ރައީސް