ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯ ވާޑޭގެ ކީޕަރުގެ މަންމައަށް އެންމެފަހުން އެމެރިކާއިން ވިސާ ދީފި

Screenshot 2026 06 18
TTH_Ads
STO_Ads
Advertisement

ފުޓްބޯޅާގައި ދުނިޔޭގެ ގަދަ ބަރެއްކަމަށްވާ ސްޕެއިނާ ބައްދަލުކުރި މެޗުގައި އެއްވަރުކުރި ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒޭނިޔާގެ މަންމައަށް އެމެރިކާއިން ވިސާ ދީފިއެވެ.

ވޮޒޭނިއާގެ މަންމަ އަށް އޭނާ ކުޅޭތަން ބަލަން އެމެރިކާ އަށް އެތެރެނުވެވުނު ކަން ފެންމަތިވީ ސްޕޭން މެޗަށް ފަހުއެވެ. ވޮޒޭނިޔާ ބުނީ ސްޕޭން މެޗަށް އޭނާގެ މަންމަ އެމެރިކާގެ އެޓްލާންޓާ އަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ހަމަ ނުޖެހުނީ އެމެރިކާގެ ވިސާ ހޯދަން ދައްކަން ޖެހޭ 15000 ޑޮލަރު ހަމަނުކުރެވިގެން ކަމަށެވެ. ޕޯޗުގަލްގެ ދެވަނަ ފަންތީގައި ކުޅޭ ކީޕަރުގެ މަހު މުސާރަ އަކީ މަހަކު ހަތަރު ހާހާއި އަށް ހާހާ ދެމެދުގެ ޔޫރޯއެވެ. ގިނަވެގެން އޭނާ އަށް އަހަރަކު ލިބެނީ ލައްކައެއްހާ ޑޮލަރުކަމަށްވާއިރު، އަންހެނުންނާއި ދެ ކުދިންގެ ހަރަދު ބަލަހައްޓާފައި މިވަރުގެ ހޭދައެއް ކުރުމުގެ ތަނަވަސްކަން ވޮޒޭނިއާއަށް ލިބިފައި ނެތެވެ.

ސްޕޭންއާ ބައްދަލުކުރި މެޗުގެ ތިން ދުވަސްކުރިން ވޮޒޭނިއާގެ މަންމަ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ވަނީ އޭނާގެ ދަރިފުޅު ހުއްޓައި ގޯލަށް ބޯޅަ ވައްދާލުމަކީ ލާހިކަ ކަމެއް ނޫން ކަމަށެވެ. މިހެން މިކަން ޮއއްވައި މެޗަށްފަހު މި އިންޓަވިއުވަނީ މުޅި ދުނިޔޭޣެސަމާލުކަންލިބި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ.

HajjCop_ads
Advertisement

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންތުން މިކަމާ ބެހޭ ގޮތުން ބުނީ ވޮޒޭނިއާގެ މަންމަ އެމެރިކާއަށް އެތެރެވުމަށް ވިސާއަށް އެދިފައިވާކަން ރެކޯޑްތަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް މުބާރާތުގައި ކުޅޭ 48 ގައުމުގެ ކުޅުންތެރިންގެ އާއިލާތަކަށް އެމެރިކާގެ ވިސާފީ މައާފް ކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު

Big Fn04qOjhen80FLFzcPBtigO6Q

އާޖެންޓީނާއަށް ނުގޮސް މެސީ އެމެރިކާގައި