ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ

Sstv FORM FOR EC
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ކުރިޔެކޭ އެއްގޮތަށް ކިލޯއެއް 13 ރުފިޔާއަށް ލިބެން ހުރިކަމަށާއި އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަން އުޅޭކަމަށާއި އަގުބޮޑުވެފައިވާކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ އެންމެ ސައްހަ މައުލޫމާތެއް ނޫނެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން ކަށަވަރުކޮށްދިން ގޮތުގައި، ކުރިޔެކޭވެސް އެއްގޮތަށް އެ ކުންފުނިން އަންނަނީ މެދުކެނޑުމެއްނެތި ފިޔާ ފޯރުކޮށްދެމުންނެވެ. އަދި މިހާރުވެސް އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުންދަނީ ކުރިންވެސް ވިއްކަމުން އައި އަގު ކަމަށްވާ 13 ރުފިޔާއަށެވެ. މިއީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތަކަށް އަމާޒުކޮށްގެން، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކުމުގެ މަސައްކަތް ފަށާނެކަން އެސްޓީއޯއިން ވަނީ އިއުލާނުކޮށްފައެވެ. މީގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހެޔޮ އަގުގައި ފިޔާ ފޯރުކޮށްދީ، މުޅި ބާޒާރުގައި ފިޔާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ. މީގެ އިތުރުން، އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކަށް ފިޔާ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިއާއެކު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްތަކަށްވެސް ހެޔޮ އަގުގައި ފިޔާ ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.

HajjCop_ads
Advertisement

ފާއިތުވި ދުވަސްތަކުގައި މާލޭގެ ބާޒާރުގައި ފިޔާގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާންމު ގޮތެއްގައި އަމިއްލަ ފިހާރަތަކުން 16 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ފިޔާ ކިލޯއެއް ވިއްކަމުންދިޔަ ނަމަވެސް، މީގެ ދެ ހަފުތާ ކުރިން ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. ނަމަވެސް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާގެ ސަބަބުން މި އަގުތައް ތިރިވެ، އާންމު ހާލަތަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތިކަމެއްނެތި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBa38dCbcAIBKjj

އަސާސީ 80 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޯރުކޮށްދޭން ފަށައިފި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ