ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް: ރައީސް

muiz
STO_Ads
TTH_Ads
Advertisement

އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވޭ ކަމަށެވެ. އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ބަލިމީހުންނަށް އެ ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް އޭގެ އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ރަށްރަށް ވަކިވެފައިވާ ޤައުމަކަށްވާއިރު އެފަދަ ޤައުމަކަށް ބޭނުންވާ ވަގުތު، ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްޙީގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އާންމު ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާ ކުރުމަށް ބާރުއެޅުމަށާއި މުޖުތަމަޢުގެ އެންމެންގެ ދުޅަހެޔޮ ސިއްޙަތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. އަދި ޤަވާއިދުން ލޭ އެޅުމަށްވެސް މި ދުވަހު ބާރުއަޅައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

465820 8160566c f

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

448a96d355f0 gettyimages

ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

59bd362e 22cf 4b7e b32f f2de8a025f3b

ސަރަހައްދީ ތަރައްޤީ ތަންފީޒްވުމުން، މާލޭގެ މައްސަލަތަކަށް ޙައްލު ލިބޭނެ: ރައީސް

DSC

ދެން ތަރައްޤީކުރަން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދުގެ ސަރަހައްދު: ރައީސް