ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއެކު މާދަމާ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Maldivian_Ads
Advertisement

އީރާނާއެކު އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރެވޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

އެމެރިކާގެ ރައީސް ބުނީ، އެއްބަސްވުމުގައި ސޮއި ކުރުމާއެކު ހޮރްމޫޒު ކަނޑުއޮޅި އެންމެނަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

HajjCop_ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި ހުޅުވިގެން ދާނެކަމަށް ބުނުން ފިޔަވައި، އީރާނާއެކު ހަދާ އެއްބަސްވުމުގައި ހިމެނޭ އިތުރު ކަމަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ހަމައެކަނި ބުނެފައިވަނީ “ކަންކަން ހަމަޔަކަށް އެޅުމުން” ފަހުގެ ތާރީޚެއްގައި އެމެރިކާއިން އީރާނަށް ދާނޭ ކަމަށާއި، އީރާނަށްގޮސް އީރާނުގައި ހުރި “ނިއުކްލިއަރ ޑަސްޓް” ހޯދައި، ޑައުންބްލެންޑްކޮށް އީރާނުގައި ނުވަތަ އެމެރިކާއަށް ގެންގޮސް ނައްތާލާނޭ ކަމަށެވެ.

އެއްބަސްވުމުގައި މާދަމާ ސޮއި ކުރެވޭނޭ ކަމަށް އެމެރިކާގެ ރައީސް ބުނިއިރު، ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިއަދު ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އެއްބަސްވުން ފައިނަލް ކުރެވޭނޭ ކަމަށް ބެލެވޭ ކަމަށެވެ. އެއްބަސްވުން ފައިނަލް ކުރެވުމާއެކު ވަގުތުން އިލެކްޓްރޯކް ސޮއި ކުރެވޭނޭ ކަމަށާއި، އެއްބަސްވުމާ ގުޅިގެން ބާއްވާ ޓެކްނިކަލް ވާހަކަތައް އަންނަ ހަފްތާގައި ފެށޭނޭ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި