ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމެއް އަދި ނުހެދޭ، ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: އީރާނުގެ ޚާރިޖީ ވަޒީރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ
STO_Ads
TTH_Ads
Advertisement

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ ވާހަކަތައް ބޭއްވި ނަމަވެސް، އެއްބަސްވުމުގެ އިބާރާތްތައް އަދިވެސް މުޅިން ފައިނަލް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށްފަހު އެކުލަވާލި ދެލިކޮޕީ މިހާރު އޮތީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އަދި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފަޔަށް ފޮނުވިފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރަން އުޅެނީ މި ދެލިކޮޕީގައި ކަމަށް ވެއެވެ.

HajjCop_ads
MMA_Ads
Advertisement

މިހާތަނަށް ދެފަރާތުން އެއްބަސްވެފައިވާ ކަންކަމާ ގުޅޭގޮތުން އީރާނުންވެސް އަދި އެމެރިކާއިންވެސް ތަފްސީލް ވާހަކަތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، މީޑިއާގެ އެކި ވަސީލަތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ފަތުރަމުން އެބަ ގެންދެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދުވެސް ވިދާޅުވީ، ހުރިހާ މައްސަލަތަކަށް ހައްލުހޯދި، ފުރިހަމަ އެއްބަސްވުމެއް މުޅިން ފައިނަލްވުމުން ނޫނީ، އެއްބަސްވުމެއް ހެދޭނޭ ކަމަށް އެކަކުވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ވާހަކަތަކަށް ހުރަސްއެޅޭ ފަދަ ދޮގު ވާހަކަތައް އެމެރިކާގެ ބައެއް މީޑިއާ ވަސީލަތްތަކުން ފަތުރަމުން ގެންދާ ކަމަށާއި، އެއްބަސްވުން ފައިނަލް ކުރެވެންދެން ސާބިތުނުހިފޭ ވާހަކަތައް ނުފަތުރަން އީރާނުގެ ޚާރިޖީ ވަޒީރު އެދިވަޑައިގެންނެވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަ ދެކެވި މިހާތަނަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދާފައިވާ ކަންކަމުގެ ތެރޭގައި ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލައާއި، ގަނޑުކޮށްފައިވާ އީރާނުގެ ފަންޑުތައް ދޫކޮށްލުމުގެ މައްސަލަ ހިމެނޭ ކަމަށް ވެއެވެ.

ދެފަރާތުން އެއްގަލަކަށް ނޭރިގެންއުޅޭ މައްސަލަތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްސަލަތައް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގައި އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް މުޅިން ހުއްޓުމަކަށް ގެނައުން ހިމަނާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އިސްތިއުމާރީ ދައުލަތުގެ ބައެއް ނޫސްތަކުން ބުނަނީ، އެކަން އިސްރާއީލަށްވެސް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

އެކަމަކު، އިސްތިއުމާރީ އިސްރާއީލު އޮތީ ލުބުނާނަށް ހަމަލާދިނުން ހުއްޓާލާ ގޮތަކަށްނޫނެވެ. އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު އިއްޔެވެސް ބުނީ، އެއްބަސްވުމެއް ހެދިޔަސް އިސްރާއީލު ސިފައިން ލުބުނާނުން ނުފައިބާނޭ ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ހަމަލާގައި ގެއްލުނު އިންޑިއާ 3 މީހުންގެ ހަށިގަނޑު ފެނިއްޖެ، އިންޑިއާގެ އުޅަނދަކަށް މިއަދުވެސް ހަމަލާދީފި

އީރާނުގެ އެކި ރަށްތަކަށް އެމެރިކާއިން ރޭގައި ބޮންއެޅުމުން އީރާނުން ވަރުގަދައަށް ބަދަލުހިފައިފި

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތައް އީރާނުން މެދުކަނޑާލައިފި

އީރާނު ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި