ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

STO_Ads
TTH_Ads
Advertisement

މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުވައްވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ޖާގަ އިތުރުކޮށް އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުން ފުރުޞަތު ލިބޭނެހެން “ހައިޕަމާކެޓް” ކޮންސެޕްޓްގައި އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު މިވަނީ އެތަނުގެ ފުރަތަމަ ފަންގިފިލާ ހުޅުވާފައެވެ. ތަފާތު އެކި ބްރޭންޑުތަކުގެ ތަކެތި އެތަނުން ލިބެން ހުރިއިރު އަމިއްލަ ބައެއް ވިޔަފާރިތަކުގެ ތަކެތިވެސް އެތަނުން ލިބެން ހުންނާނެއެވެ. އޭގެ ތޭރޭގައި ޕީކަބޫ، ޕްރޮކިއުރ ޕްލަސް ފަދަ ތަންތަން ހިމެނެއެވެ.

MMA_Ads
HajjCop_ads
Advertisement

އެސްޓީއޯއިން އަލަށް ވަނީ ސުންމީ ބްރޭންޑު ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފައެވެ. މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ. އަދި ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ މާކެޓަށް ތައާރަފްކޮށްފައިވާއިރު މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯގެ ޚިދުމަތްތައް ފުޅާކޮށް އައުޓްލެޓްތައް އިތުރުކުރަމުންދާއިރު މި ހުޅުވިގެންދިޔައީވެސް މުހިންމު ތަނެކެއެވެ. އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯގެ އައުޓްލެޓްތައް ހުޅުވައި ޚިދުމަތް ދެމުންނެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ

shiyam minister

ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރާނެ: ޝިޔާމް