ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ އެކި ރަށްތަކަށް އެމެރިކާއިން ރޭގައި ބޮންއެޅުމުން އީރާނުން ވަރުގަދައަށް ބަދަލުހިފައިފި

އީރާނުން މިއަދު ހެނދުނު ރައްދު ހަމަލާތައް ފެށުން:
TTH_Ads
STO_Ads
Advertisement

އެމެރިކާ ސިފައިން އީރާނުގެ އެކި ރަށްތަކަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން ގަލްފްގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން މިއަދު ހެނދުނު ވަރުގަދަ ވައިގެ ހަމަލާތަކެއްދީފިއެވެ.

އީރާނުގެ ހަމަލާތައް އަމާޒުކުރީ ބަހްރެއިންގައި ގާއިމްކޮށްފައިވާ އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓްގެ މައި މަރުކަޒަށާއި، އުރުދުންގައި އެމެރިކާގެ ބޮންއަޅާ ޖެޓުތައް ބަހައްޓާފައި ހުންނަ އަޒްރަގް އެއަރބޭހަށާއި، މުވައްފާގް އަލް ސަލްތީ އެއަރބޭހަށެވެ.

މީގެއިތުރުން ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ބޭހަކަށްވެސް އީރާނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

މި ތަންތަނަށް އީރާނުން ހަމަލާ ދީފައިވަނީ ދުރުރާސްތާ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުމަށްފަހު އީރާނު އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބަހްރެއިން، އުރުދުން އަދި ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ 18 ތަނަކަށް ހަމަލާދިން ކަމަށެވެ.

އުރުދުންގެ އަލް އަޒްރަގް އެއަރބޭހަށް އީރާނުން 12 ބެލިސްޓިކް މިސައިލުން ހަމަލާދިނީ، އެމެރިކާ ސިފައިންގެ އެފް-15، އެފް-16 އަދި އެފް-35 ގެ ޖެޓުތަށް އީރާނަށް ބޮންއަޅަން އުދުހެން ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.

މީގެއިތުރުން، އެމެރިކާ ސިފައިންގެ ކޮމާންޑް ސެންޓަރަށްވެސް އީރާނުން ހަމަލާ ދީފައި ވެއެވެ.

އީރާނުން ހަމަލާދީ އެތައް ބޯޓަކާއި، ހޭންގަރުތައްވެސް ހަލާކުކޮށްލި ކަމަށް، ބަޔާނުގައި ބުނެފައި ވެއެވެ.

ބަހްރެއިންގައި އޮންނަ އެމެރިކާ ކަނޑުގެ ސިފައިންގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދެވި ބޮޑެތި ގެއްލުންތައް ދެވިފައިވާ ކަމަށްވެސް، އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.

އަދު  ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ދެ ބޭހަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދިން ކަމަށް ބުނެފައި ވެއެވެ.

އީރާނުގެ ހަމަލާތަކުގައި ޚާއްސަކޮށް ބަހްރެއިން ބޭހާއި އަދި އުރުދުންގެ ބޭސްތަކަށް މިސައިލާއި ޑްރޯންތައް ސީދާ އަމާޒުވެ ބާރުގަދަ ގޮވުންތައް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުން އެބަދެއެވެ.

ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް، ވީޑިއޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، އާދަޔާ ޚިލާފް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ގަބޫލު ކުރެވޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައި އީރާނުގެ މިސައިލްތަކާއި ޑްރޯންތައް އަސްކަރީ ބޭސްތަކަށް ހަމަލާދޭ މަންޒަރުގެ ވީޑިއޯތައްވެސް ދައުރުވަމުން އެބަދެއެވެ.

އީރާނުން ބަދަލު މިހިފީ، އެމެރިކާ ސިފައިން އީރާނުގެ އެތައް ރަށަކަށް ރޭގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުންނެވެ.

އެމެރިކާގެ ހަމަލާތައްދީނީ ބަންދަރު އައްބާސް، ގޭޝްމް އައިލެންޑް، ދެކުނުގެ އަވަށްތައް ކަމަށްވާ ސިރިކް، މިނާބް އަދި ތެހެރާނުގެ ހުޅަނގުގައި އޮންނަ ކަރާޖަށެވެ، ހަމަލާތައް އަމާޒުކުރީ އީރާނު އަސްކަރިއްޔާގެ ކޮމާންޑް ސެންޓަރުތަކާއި، ރާޑަރުތަކާއި، ޑްރޯން ކޮކންޓްރޯލް ޔުނިޓްތަކާއި، އެއަރ ޑިފެންސް ސިސްޓަމްތަކަށާއި، ސާވެއިލަންސް ސައިޓްތަކަށެވެ.

އީރާނުގެ އަސްކަރީ ތަންތަނަށާއި، އާންމު ތަންތަނަށްވެސް އެމެރިކާއިން ހަމަލާދިން ކަމަށް އީރާނުން ބުނެފައި ވެއެވެ. ނަމަވެސް، ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މީހަކު މަރުވިކަމެއް އަދި ނުބުނެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ހަމަލާގައި ގެއްލުނު އިންޑިއާ 3 މީހުންގެ ހަށިގަނޑު ފެނިއްޖެ، އިންޑިއާގެ އުޅަނދަކަށް މިއަދުވެސް ހަމަލާދީފި

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތައް އީރާނުން މެދުކަނޑާލައިފި

އީރާނު ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

އަޕާޗީ މަރުކާގެ ހެލިކޮޕްޓަރެއް:

ވެއްޓުނު ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ކަނޑުމަތިން ނަގައިފިން: ސެންޓްރަލް ކޮމާންޑް