ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ފެނާއި ނަރުދަމާގެ ހޮޅިތައް ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެއްކޮށް ނިންމާލައިފިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައިގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ހިމެނޭ ގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މަގުގެ އުމްރާނީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި، 150 މީޓަރުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ފުރިހަމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މަގު އިތުރަށް ފުޅާކުރުމެވެ. އައު ފަރުމާގެ ދަށުން މި މަގު ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސައި ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކުރާ މި މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

މަގުގެ ތިންވަނަ ސެގްމަންޓްގައި ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ޒޯން ތަރައްޤީ ކުރުމަށްޓަކައި ބަނދަރުގެ ތެރެއިން 98 މީޓަރު ދިގު އަދި 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ. މިތަނުގައި 500 ސައިކަލު ޕާކު ކުރެވޭނެ ޖާގަ ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ކުރީކޮޅު މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި