ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި

hiyaa flats
TTH_Ads
STO_Ads
Advertisement

ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ހިޔާ ޓަވަރުތަކުން ބައެއް ވިޔަފާރި ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިންގ ފެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޢުލާންކޮށްފިއެވެ.

އެޗްޑީސީން 8 ޖޫން 2026 ގައި ކުރި އިޢުލާނެއްގައިވާ ގޮތުން، “އޯޕަން މާކެޓް ޑިމާންޑް” އިނީޝިއޭޓިވްގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ކޮމާޝަލް ސަރަޙައްދުގެ ދެ ޔުނިޓެކެވެ. އެއީ 546.27 އަކަފޫޓުގެ HIYI2-G-02 ޔުނިޓާއި، 554.66 އަކަފޫޓުގެ HIYI0-G-03 ޔުނިޓެވެ.

މި ޔުނިޓްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި 14:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. އަދި ހުށަހަޅާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރު 14:00 ގައެވެ.

HajjCop_ads
Advertisement

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯޒަލް މީޓިންގް 14 ޖޫން 2026 ގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެއްވެސް ސުވާލެއް އޮތް ނަމަ 17 ޖޫން 2026 ގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސުވާލުތަކުގެ ޖަވާބު 21 ޖޫން 2026 ގައި އެޗްޑީސީގެ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.

އެޗްޑީސީން ބުނިގޮތުގައި، މިކަމާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރްއެފްޕީ) ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުންނާއި އެޗްޑީސީ ޕްރޮޕަޓީޒް ވެބްސައިޓުން  ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ކަންކަން ސާފުކުރުމަކީ ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީން ހަނދާންކޮށްދެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަދިރިން ރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި

Screenshot 2026 07 06

ހިޔާ ޓަވަރުތަކުގައި ބޮޑެތި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު އެޗްޑީސީން ފޮނުވަން ފަށައިފި