ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތައް އީރާނުން މެދުކަނޑާލައިފި

އިމާރާތްތަކުގެ ފަހަތުން އެ ފެންނަނީ ބަހްރެއިންގައި އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ހުންނަ ސަރަހައްދު:
TTH_Ads
STO_Ads
Advertisement

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނު ސިފައިން ދެމުންގެންދިޔަ ރައްދު ހަމަލާތައް މެދުކަނޑާލައިފިއެވެ.

އެމެރިކާ ސިފައިން އީރާނުގެ ދެކުނުގެ ރަށްތަކުގެ އަސްކަރީ ތަންތަނާއި، ބޯފެނުގެ ނިޒާމުތަކަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުންވަނީ ބަހްރެއިންއާއި، އުރުދުންއާއި އަދި ކުވައިތުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ބޭސްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އީރާނުން ހަމަލާ ދީފައިވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެނެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުތަކުގައި ހުރި އެމެރިކާ ސިފައިންގެ 21 ތަނަކަށް ހަމަލާދީ، އީރާނު ސިފައިން ބޭނުންވި މަގްސަދު ހާސިލްވެއްޖެ ކަމަށެވެ.

HajjCop_ads
Advertisement

ބަހްރެއިންގައި އޮންނަ އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓުގެ މައި މަރުކަޒަށް ދިން މިސައިލް ހަމަލާތަކުގައި ބާރުގަދަ 9 ގޮވުމެއް ގޮވައި ބޮޑެތި އަލިފާންގަނޑުތައް އަރައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ސިފައިން ބޭނުންކުރާ ބޮންއަޅާ އެންމެ ވަރުގަދަ ޖެޓުތައް ކަމަށްވާ އެފް-35 ޖެޓުތައް ބަހައްޓާފައި އޮންނަނީ އުރުދުންގެ އަޒްރަގް އެއަރބޭހުގައެވެ. އެ ބޭހުގެ 4 ހޭންގަރެއް ގޮއްވާލި ކަމަށް އީރާނުން ބުނެފައި ވާއިރު، އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ މުވައްފާގް އަލް ސަލްތީ އެއަރބޭހުގައި ހުންނަ ކޮމާންޑް ސެންޓަރުވެސް ގޮއްވާލި ކަމަށް އީރާނުން ބުނެފައި ވެއެވެ.

މީގެއިތުރުން، ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ އަލީ އަލް ސާލިމް އެއަރބޭހަށްވެސް އީރާނުންވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ.

ބަހްރެއިނާއި، އުރުދުންއާއި ކުވައިތަށް ދިން ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކުރާ ވާހަކަތައް ސާބިތުވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އެމެރިކާއިން ރޭގައި ދިން ހަމަލާތަކާ ގުޅިގެން ވަރުގަދަ ރައްދުތަކެއް ދޭނޭކަމަށް އީރާނު ސިފައިން ވި ވައުދު ފުއްދިކަމަށް ގަބޫލުކުރެވޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު އުދުވާނެއް ހިންގައިފިނަމަ ދެން ދޭނީ މާ ވަރުގަދަ ރައްދު ހަމަލާތަކެއް ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް