ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނު ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

އީރާނު ސިފައިން ހަމަލާދީ އެމެރިކާގެ ޖާސޫސީ ޑްރޯން ވައްޓާލާ މަންޒަރު:
TTH_Ads
STO_Ads
Advertisement

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އެގޮތުން، މިހާތަނަށް އީރާނުގެ ދެކުނުގެ އެތައް ރަށަކަށް ތިން ބުރެއްގެ މަތިން މިސައިލް ހަމަލާތައް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސިފައިން ހަމަލާ ދެމުން ގެންދަނީ އީރާނުގެ ދެކުނުގެ ބަންދަރު އައްބާސްއާއި، ގޭޝްމް އައިލެންޑް، ސިރިކް، ޖަސްކަށެވެ. ހަމަލާތަކާއެކު ބާރުގަދަ ގޮވުންތައް ގޮވަމުންދާ ކަމަށް، އީރާނުގެ މީޑިއާއާއި ބައިނަލްއަގްވާމީ މީޑިއާ ވަސީލަތްތަކުންވެސް ބުނެއެވެ.

HajjCop_ads
Advertisement

އެމެރިކާއިން ހަމަލާ ދެމުންގެންދަނީ އީރާނުގެ ރާޑަރު ސިސްޓަމްތަކަށާއި، ހޮރްމޫޒު އައްސޭރި ފަށަށް ވާގޮތަށް ތަންތަނުގައި ގާއިމްކޮށްފައިވާ މިސައިލް ނިޒާމުތަކަށާއި، ދިފާއީ ބެޓަރީތަކަށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ބަންދަރު އައްބާސްއަކީ އީރާނުގެ ކަނޑުގެ ލަޝްކަރު ގާއިމްވެފައި އޮންނަ ރަށެވެ.

މީގެއިތުރުން، ހަނގުރާމަ ފެށި ދުވަހު އެމެރިކާ ސިފައިން ބޮންއެޅި އީރާނުގެ މިނާބަށް އަނެއްކާވެސް ވަނީ ބޮން އަޅާފައެވެ.

އެމެރިކާ ސިފައިންވަނީ އީރާނުގެ ދެކުނުގެ ބައެއް އަވަށްތަކުގެ ފެނުގެ ނިޒާމުތަކަށްވެސް ބޮންއަޅައި ގޮއްވާލާފައެވެ. އޭގެ ސަބަބުން ދެ ސިޓީއަކަށް ބޯފެން ފޯރުކޮށްދިނުން ހުއްޓިފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާ ސިފައިން އީރާނަށް ހަމަލާދެމުން މިގެންދަނީ، ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުގައި އުދުހުނު އެމެރިކާގެ އަޕާޗީ ހެލްިކޮޕްޓަރެއް މިދިޔަ ހޯމަދުވަހު ވައްޓާލުމާ ގުޅިގެންނެވެ. އެ ހެލިކޮޕްޓަރު ވެއްޓުނީ އީރާނުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

އަނެއްކޮޅުން، އެމެރިކާގެ ހަމަލާތަކުގެ ދިފާއުވުމަށް އީރާނުގެ އެއަރ ޑިފެންސް ނިޒާމުތަކުން މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. އީރާނުގެ ބުޝެހްރް ޕްރޮވިންސް މަތިން އުދުހުނު އެމެރިކާގެ ޖާސޫސީ އަގުބޮޑު ޑްރޯންއެއްވެސް އީރާނުންވަނީ ވައްޓާލާފައެވެ.

އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދު އަންނާނޭ ގޮތެއް ވަޒަންކޮށްލަންވެސް ނޭނގޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިރާގުގެ އެކި ހިސާބުތަކުގައި ބޮންގޮއްވީ ޔޫކްރެއިންގެ ގްރޫޕްތަކުން: އިރާގު ސަރުކާރު

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށްކަށް ނުދޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ