ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެއްޓުނު ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ކަނޑުމަތިން ނަގައިފިން: ސެންޓްރަލް ކޮމާންޑް

އަޕާޗީ މަރުކާގެ ހެލިކޮޕްޓަރެއް:
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅީގެ ސަރަހައްދަށް ވެއްޓުނު އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރުގެ ދެ ޕައިލެޓުން ކަނޑުމަތިން ސަލާމަތް ކޮށްފައިވާ ކަމަށް އެމެރިކާ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ.

ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ދެ ޕައިލެޓުންވެސް ތިބޭ ހެޔޮ ހާލުގައި ކަމަށެވެ. އެކަމަށް ދެގަޑިއިރު ހޭދަވި ކަމަށް ބުނެފައި ވެއެވެ.

އެކަމަކު، ޕައިލެޓުން ކަނޑުމަތިން ނެގި ގޮތުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

އެމެރިކާ އަސްކަރިއްޔާގައި ބޭނުންކުރާ އޭއެޗް-64 އަޕާޗީ މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނީ ހޮރްމޫ ކަނޑުއޮޅި ކައިރިން އުމާން ކަނޑުގައި އީރާނުގެ އުޅަނދުފަހަރަށް ފާރަލުމަށް ޕެޓްރޯލް ކުރަމުންދަނިކޮށް އިއްޔެއެވެ.

މި ޚަބަރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ހެލިކޮޕްޓަރު ވެއްޓުނު ނަމަވެސް، ދެ ޕައިލެންޓުން ސަލާމަތްވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެކުރިން ދެ ޕައިލެޓުންވަނީ ކަނޑަށް ފުންމާލާފައެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. ހެލިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމެއް ނުވަތަ އީރާނުން ހަމަލާދީ ވައްޓާލީ ކަމެއް އަދި ބުނަން ނޭނގޭ ކަމަށް އެމެރިކާއިންވެސް ބުނެފައި ވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި