ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފޭބުމަށް އިސްތިއުމާރީ ސިފައިން އިންޒާރުދެނީ، ހަމަލާތައް ހުއްޓާނުލާ

ލުބުނާނުގެ ދެކުނު:
STO_Ads
TTH_Ads
Advertisement

ލުބުނާނުގެ ދެކުނުގެ ތައީރާއި، އެ ރަށުގެ ވަށައިގެންވާ އަވަށްތަކުން އާންމުން ނުކުތުމަށް އިސްތިއުމާރީ ސިފައިން އިންޒާރުކޮށް އަމުރުކުރަމުން އެބަ ގެންދެއެވެ.

އެގޮތުން، ތައީރު ކައިރީގައިވާ 10 އަވަށަކުންނާއި، އެ ހިސާބުގައި ފަލަސްތީނު ރެފިއުޖީން ދިރިއުޅޭ 3 ކޭމްޕެއްގައި ތިބި އެންމެންވެސް ގެތަކުން ނުކުމެގެން ދިއުމަށް އިސްތިއުމާރީ ސިފައިން ގެންދަނީ އަންގަމުންނެވެ.

އިސްތިއުމާރީ ސިފައިން އާންމުންނަށް އަންގަމުން ގެންދަނީ ޒަހްރާނީ ކޯރުގެ އުތުރަށް ދިއުމަށެވެ.

MMA_Ads
HajjCop_ads
Advertisement

އެ ހިސާބުތަކަށް ބޮންއަޅަން ތައްޔާރުވަމުންދާ ކަމަށްވެސް ޓެރަރިސްޓުން ގެންދަނީ އިންޒާރު ކުރަމުންނެވެ.

ތައީރާއި، އެ ހިސާބުގެ އަވަށްތަކާއި ރެފިއުޖީ ކޭމްޕްތަކުން އާންމުން ނުކުމެގެން ދިއުމަށް އިސްތިއުމާރީ ސިފައިން އަމުރުކޮށްފައި ވާއިރު، ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް މިއަދުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

އެގޮތުން. ލުބުނާނުގެ ދެކުނުގެ އަވަށްތައް ކަމަށްވާ އައްބާސިއްޔާ، ރަމާދިއްޔާ، ނަބާޓިއާ، ކްފަރު ޝޫބާ، ރަސް އަލް އައިން އަދި ބައިތު ސިޔާދުއަށްވެސް އިސްތިއުމާރީ ސިފައިންގެ ޖެޓުތަކުން ބޮންއަޅަމުން އެބަ ގެންދެއެވެ.

އަދި ލުބުނާނުގެ ދެކުނުގެ އެތައް އަވަށަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.

އިސްތިއުމާރީ ސިފައިންގެ ޖެޓުތަކުން އަވަށްތަކަށް ބޮންއަޅަމުން ގެންދާއިރު، ޑްރޯން ފޮނުވައިގެންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

ހަމަލާ ދެމުންގެންދަނީ ހިޒްބުﷲގެ ތަންތަނަށް ކަމަށް އިސްތިއުމާރީ އަސްކަރިއްޔާއިން ބުނި ނަމަވެސް، އާންމުވަމުންދާ ވީޑިއޯތަކުން ފެންނަނީ ގެތަކާއި، އިމާރާތްތަކާއެކު ބޮޑެތި ސަރަހައްދުތައް ގޮއްވަމުންގެންދާ ތަނެވެ.

ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މިއަދުގެ ހަމަލާތަކުން އެކަނިވެސް މިހާތަނަށް 8 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 24 މީހުން މަރުވެ 116 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ދިން ހަމަލާތަކުން ޒަޔަނިސްޓުންނާއި އެމީހުންގެ ސަޕޯޓަރުން ފިލާވަޅު ލިބިގަންނަންޖެހޭ: އީރާނު އަސްކަރިއްޔާ

އީރާނުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން: އީރާނުން އަންގަނީ މިއީ ހަމައެކަނި އިންޒާރެއް ކަމަށް

ޣައްޒާގައި ބާކީތިބި މީސްކޮޅުވެސް މަރައިހުސްކުރަނީ، ޣައްޒާގެ ނަސްލުނައްތާލަނީކަމަށް ހުޅަނގުން ނުދެކޭ

އިސްރާއީލުން ބުނެގެން ލުބުނާނު ސަރުކާރުން ފޮނުވި ސިފައިންގެ ކޮމާންޑަރާއި އެތައް ސިފައިން މަރާލައިފި