ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން: އީރާނުން އަންގަނީ މިއީ ހަމައެކަނި އިންޒާރެއް ކަމަށް

STO_Ads
TTH_Ads
Advertisement

އީރާނުން އިސްތިއުމާރީ އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އީރާނުން ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގައި ގާއިމްކޮށްފައިވާ އިސްތިއުމާރީ ސިފައިންގެ ރަމަޓް ޑޭވިޑް އެއަރބޭސްއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެއަރބޭސްއަށް އަމާޒުކޮށް އީރާނުން 5 ބުރެއްގެމަތިން 11 ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުން އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް މިދިނީ، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާ ދީފިނަމަ ރައްދު ހަމަލާ ދޭނޭ ކަމަށް އީރާނުން ތަކުރާރުކޮށް އިންޒާރު ކުރުމުންވެސް އީރާނުގެ އިންޒާރަށް ކިޔަމަން ނުވެ، އިސްތިއުމާރީ ސިފައިން ބޭއިރޫތަށް ބޮން އެޅުމުންނެވެ.

HajjCop_ads
Advertisement

އިސްތިއުމާރީ ސިފައިން ބޮންއަޅާފައިވަނީ ބެއިރޫތުގެ ރަށްބޭރުގެ ދަހިއްޔާއަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، މިއީ، ދަހިއްޔާގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ތައީރު، ނާބާޓިއާއަށް ބޮންއަޅައި އާންމުން މަރައި، ގެދޮރާއި އިމާރާތްތައް ސުންނާފަތިކޮށް އެތައް މިލިއަން މީހުން މަގުމަތި ކުރަމުންދާތީ އެކަމުގެ ބަދަލު ހިފުމުގެގޮތުން ދެވުނު ހަމަލާތަކެއް ކަމަށެވެ.

ލުބުނާނުގެ ދެކުނަށާއި، ވެރިރަށަށް ހަމަލާދޭން އިސްރާއީލުން ބޭނުންކުރާ ތަނަކީ ރަމަޓް ޑޭވިޑް އެއަރބޭސް ކަމަށްވެސް އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.

މިސައިލް ހަމަލާތައް ދިނުމަށްފަހު އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، މިއީ އިންޒާރުގެ ހަމަލާއެއް ކަމަށާއި، އިސްތިއުމާރީ ބާރުން ލުބުނާނުގައި އުދުވާނުތައް ހުއްޓާނުލާ ކުރިއަށް ގެންދާނަމަ އަދި އީރާނުން ދިން ހަމަލާތަކުގެ ރައްދުގައި ކަމެއް ކޮށްފިނަމަ އިސްތިއުމާރީ މުޅި ދައުލަތް ގުޑައިގެންދާވަރުގެ ވަރުގަދަ ހަމަލާތަކެއް އަންނާނޭ ކަމަށެވެ.

އީރާނުން ދޭން ފަށާ ރައްދު ހަމަލާތަކުގައި ސަރަހައްދުގައި ހުރި އެމެރިކާ އަދި އިސްރާއީލުގެ އެއްވެސް ތަނެއް ސަލާމަތް ނުވާނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

އީރާނުން ފޮނުވާލި ހުރިހާ މިސައިލެއް ވައްޓާލެވުނު ކަމަށް އިސްތިއުމާރީ އަސްކަރިއްޔާއިން ބުނި ނަމަވެސް، އިސްތިއުމާރީ އެއަރބޭސް ސަރަހައްދުން ވަރުގަދަ ގޮވުންތައް ގޮވާ އަޑާއި މަންޒަރު ހިމެނޭ ވީޑިއޯތައް އާންމުވަމުން އެބަދެއެވެ. އަދި ވީޑިއޯތައް އާންމުކުރާ މީހުން ހިފާ ހައްޔަރުކުރުމުގެ މަސައްކަތް އިސްތިއުމާރީ ފުލުހުން ފަށާފައި ވެއެވެ.

އީރާނުގެ ހަމަލާތަކަށް ބަދަލު ހިފުމުގެގޮތުން އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި އިންފްރާސްޓްރަކްޗަރއަށް ހަމަލާދޭން އިސްރާއީލުން އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުއްދައަށް އެދުމުން ޓްރަމްޕް އެކަމަށް އަދި ހުއްދައެއް ނުދެއެވެ.

އެކިއެކި މީޑިއާ ވަސީލަތްތަކާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގައި އިސްރާއީލުން މީހަކަށް ކަމެއް ނުވާ ކަމަށާއި، އަދި އެކަމުގެ ބަދަލު ހިފައިގެން ނުވާނޭ ކަމަށް އޭނާ ނަތަންޔާހޫއަށް މިރޭ ފޯނުން ގުޅައި، އޭނާގާތު ބުނާނޭ ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއާއި އީރާނު މިހާރު އޮތީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައި ކަމަށާއި، އެކަން ހުއްޓިގެންދާކަށް އޭނާ ބޭނުން ނުވާ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި

ސައުދީ އިތުރު އުޅަނދަކަށް ހަމަލާދީފިނަމަ އީރާނާއި ހޫޘީންނަށްވެސް އަސްކަރީ ހަރުކަށި އަދަބުދޭނަން: ޓްރަމްޕް