ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތޮއްޑޫގައި އިރުއޮއްސި 6:00 އިން 8:00 އަށް ދެން ކުޅިވަރު ނުކުޅެވޭނެ: ކައުންސިލް

Thoddoo
TTH_Ads
STO_Ads
Advertisement

ކައުންސިލުން އެންމެ ފަހުން ނިންމި ނިންމުމާއެކު، އއ. ތޮއްޑޫގައި އިރުއޮއްސި 6:00 އިން 8:00 އަށް ދެން ކުޅިވަރު ނުކުޅެވޭނެއެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި އިއުލާނާއެކު ތޮއްޑޫގައި ނަމާދު ގަޑީގައި ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން އެރަށު ކައުންސިލުން ވަނީ ނިންމައިިފައެވެ.

ރައީސްގެ އެ އިއުލާނާއި ގުލިގެން ތޮއްޑޫ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ވިދާޅުވި، ނަމާދު ވަގުތުތަކުގައި ކުޅިވަރުތައް ކުޅޭ ހުރިހާ ތަންތަން ބަންދު ކުރަން ނިންމާފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

މިގޮތުން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓާއި، ކޮންމެ ދުވަަހަކު އިރުއޮއްސި 18:00 އިން 20:00 އާ ދެމެދު އަދި ހުކުރު ދުވަހު ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:00 އާއި ދެމެދު ކުޅިވަރު ކުޅޭ ހުރިހާ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާ ކަމެއް ކަމަށް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

އެ ކައުންސިލުން ވަނީ އަދި މިކަން ބެލަހައްޓަންވެސް ބަޔަކާއި ހަވާލުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް އަމަލީ ގޮތުން ވެސް އިސްލާމް ދީނާއި ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

ކުޅިވަރުގެ މައިދާނުގައި ވެސް އުޅޭއިރު، ނަމާދު ގަޑި ޖެހިގެން ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ގަސްދުގައި ނޫން ނަމަވެސް އެއީ މިހާރު ކަންކަން އޮންނަ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން އިމާރާތްތަކުއާއި ކުޅިވަރު ކުޅޭ މައިދާން، އެކުވެނި ކަހަލަ ތަންތަނުގައި ވުޟޫކޮށް ނަމާދު ކުރެވޭ ގޮތަށް ފެސިލިޓީތައް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެކަން އޮތީ މަޝްވަރާކޮށް، ތަންފީޒު ކުރުމާއި ހަމައިގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ބަންގި ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ގެންނާނެކަން ފާހަގަ ކުރައްވާފައެވެ.

“ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭ ގޮތަށް 20 ވަރަކަށް މިނެޓް ނަމަވެސް، ގެންނަން ޖެހޭ ބަދަލުތަކެއް ގެންނާނަން” ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންތައްތަކެއް މި ކުރަނީ މި މުޖުތަމައުއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފަ، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވިގެންދާން ޖެހޭނީ މި ހަގީގަތުގައި މައްޗަށް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ. “އީރާދަ ކުރެއްވިއްޔާ މިކަންކަން ތަންފީޒު ކުރެވޭނެ، މާފަންނު ސްޓޭޑިއަމްގައި މިދެންނެވި ނަމާދު ކުރާ ފެސިލިޓިތައް ގާއިމު ކުރުމާއި ހުރިހާ ކަމެއް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު ސްޕޯޓްސް މިނިސްޓްރީން އެކިފަރާތްތަކާއި ހަވާލުކޮށްގެން އަޅަން ނިންމާފައިވާ އެކިކަހަލަ ކުޅިވަރު ކުޅޭ ފެސިލިޓީތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި އަދި ނަމާދު ވަގުތު ޖެހުމުން ވަކި ވަގުތަކަށް އެތަންތަނުގައި ކުޅިވަރުތައް ނުކުޅެވޭނެ ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުުހަންމްމަދު
ނަމާދު ވަގުތުގައި ވިޔަފާރި ކުރުން ހުއްދަ ވާނެތޯ ??

ގުޅުންހުރި

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

414874 e950498c 3

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތޮއްޑޫގައި ފަށައިފި