ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

Maldivian
TTH_Ads
STO_Ads
Advertisement

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަނުން އެންމެ ފަހުން ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫއަށެވެ.

“މިމަހުގެ 12 ގައި ތޮއްޑޫއަށްވެސް ޚިދުމަތް އެބަ ފަށަން. އެކަމަށްވެސް ބޭނުންވާ ހުރިހައި ތައްޔާރީތަކެއް ވެފައިއޮތީ. އެހެންވީމަ ތޮއްޑޫގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެނިގެންދާނެ.” ސަލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުން ދަނީ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި ބައެއް ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތް ފަށައިދިނުމަށް އެދެމުންނެވެ. އަދި އެ ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތްވެސް ދަނީ ފައްޓަވަމުންނެވެ.

HajjCop_ads
Advertisement

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރައީސް އެ ވިދާޅުވާ ތާރީޚުގައި އެރަށްރަށަށް މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފަށަމުންދާކަމަށެވެ. އެންމެ ފަހުން ޚިދުމަތް ފެށީ ވެލިދޫގައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.

ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ހަފްތާއަކު 2 ދުވަހު ބާއްވާނެއެވެ. ސީޕްލޭންގެ ޚިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް އިތުރު ރިސޯޓްތަކަށް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި މިހާރު ހުރި ބޯޓުތަކުން ދެވޭނެ އެންމެ ރަނގަޅަށް ރިސޯޓްތަކަށް ޚިދުމަތް ދެމުންދާކަމަށެވެ. އިތުރު ބޯޓުތައް ހޯދުނުހާ އަވަހަކަށް އިތުރު ރިސޯޓްތަކަށް އެ ކުންފުނިން ސީޕްލޭންގެ ޚިދުމަތް ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Passport

ހާލު ދެރަވެގެން ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

Thoddoo

ތޮއްޑޫގައި އިރުއޮއްސި 6:00 އިން 8:00 އަށް ދެން ކުޅިވަރު ނުކުޅެވޭނެ: ކައުންސިލް

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓްތައް ފަށައިފި