ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯލް ހަރުކުރުމުގެ މަސައްކަތް ފަށައިފި

Resorts
STO_Ads
TTH_Ads
Maldivian_Ads
Advertisement

އއ. ތޮއްޑޫގައި ތަރައްޤީ ކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން، ދަނޑުގައި ލައިޓް ޕޯލް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މަޝްރޫޢަކީ ތޮއްޑޫގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށް، ދަނޑުގައި ރޭގަނޑުވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެކުރިން މި މަޝްރޫޢުގެ ދަށުން ވަނީ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް މުޅިން ނިންމާފައެވެ. އިނާ އިންވެސްޓްމެންޓާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަސައްކަތް ހަވާލުކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 1,300,000 ރުފިޔާއެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން، ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި، އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފައެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް ހަވާލުކުރީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 4,551,961 ރުފިޔާއެވެ.

ދަނޑުގައި ލައިޓް ޕޯލްތައް ހަރުކޮށް ނިމުމާއެކު، ތޮއްޑޫގެ ކުޅުންތެރިންނަށް އެންމެ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Thoddoo

ތޮއްޑޫގައި އިރުއޮއްސި 6:00 އިން 8:00 އަށް ދެން ކުޅިވަރު ނުކުޅެވޭނެ: ކައުންސިލް

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

414874 e950498c 3

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި