ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

TTH_Ads
STO_Ads
MPL_Ads
Advertisement

ސީޕްލޭންގެ ޚިދުމަތާއެކު ތޮއްޑޫ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް އައު މަގުތަކެއް ހުޅުވިގެންދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ތޮއްޑޫއަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، އެ ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެހެން ހިސާބުތަކަށް ފޯރުކޮށްދިނުމުގައިވެސް މި ދާއިރާއިން ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިހާރު އެ ރަށުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދަތުރުފަތުރުގެ ހިރާސްތައް ނައްތާލައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

MPL_Ads
HajjCop_ads
Advertisement

“އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ގޯސްކަމުގައި ނުވާނަމަ މިވަގުތުވެސް 1800 ފަތުުރުވެރިން މި ރަށުގައި އެބަތިބި. ވުމާއެކު ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހުމަކީ ވަަރަށްވެސް މުހިންމު ކަމެއް. މިހެންވެ މިރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމަށް ރައީސް މި ތާރީޚީ ކަން އިއުލާންކުރެއްވީ. ރައީސްގެ ރިޔާސީ ބަޔާނުގައިވެސް މިކަން ހިމެނުއްވީ ވަރަށްވެސް މުހިންމު ކަމަކަށް މިކަން ވާތީ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންގެ އެދިލެއްވުމުގެ މަތިންނާއި، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މުހިންމު ސިޔާސަތެއްގެ ދަށުން ފެއްޓެވި ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު މަގުތަކެއް ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ތޮއްޑޫގެ ވަށައިގެން މި އޮންނަ ކަނޑަކީ ބައެއް ދުވަސްވަރަށް ވަރަށް ގަދަވާ ކަނޑެއް. އެ ގަދައިގެ ތެރޭގައި ދަތުރުކުރުމަކީ ވަރަށް އުނދަގޫކަމެއް. އޭގެ ސަބަބުން ދަތުރުފަތުރައް އެޅޭ ހުރަހަށް ވަރަށް ބޮޑު ހައްލެއް ލިބިގެންމިދިޔައީ. އެހެންވީމަ ތޮއްޑޫގެ ފަތުުރުވެރިކަމަށް މޫސުމީގޮތުން އަންނަ ބަދަލުތަކާ ގުޅިގެން އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނާނެ އިންތިޒާމެއް އިރާދަކުރެއްވީތީ ހަމަޖެހިގެން މިިދިއައީ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާއި ފައްޓަވާފައިވާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. އަދި ތޮއްޑޫގެ ފަތުރުވެރިކަމަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ކުރިއަރުވާ ނަމޫނާ ރަށަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

43

ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

51362324 10155713772127583 8080561078536241152 n

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ