ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުނުވީ އިސްރާއީލަށް ތާއީދުކުރާތީކަމަށް ވެދާނެ: ޖަރުމަން ޚާރިޖީ ވަޒީރު

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޮހާން ވަޑެފުލް
STO_Ads
TTH_Ads
Advertisement

ކުރިއަށްއޮތް ދައުރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނުލިބުނީ އިސްރާއީލަށް ތާއީދުކުރާތީ ކަމަށް ބެލެވޭ ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޮހާން ވަޑެފުލް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، ސަލާމަތީ މަޖިލީހުގައި ޔޫރަޕަށް ކަނޑައެޅިފައިވާ ދެގޮނޑިއަށް ކުރިއަށްއޮތް ދެއަހަރަށް މެމްބަރު ގައުމުތައް އިންތިޚާބުކުރުމަށް ނެގި ވޯޓުން ޖަރުމަނު ބަލިވުމާ ގުޅިގެންނެވެ.

ޖަރުމަނުވިލާތް ބަލިކޮށް، 2027 އިން ފެށިގެން ދެއަހަރު ދުވަހުގެ ދައުރަށް ސަލާމަތީ މަޖިލީހުގެ ޔޫރަޕްގެ ދެގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލްއާއި އޮސްޓްރިއާއިންނެވެ.

MMA_Ads
HajjCop_ads
Advertisement

އދގެ އާންމު މަޖިލީހުގައި ހިމެނޭ މެމްބަރު 193 ގައުމުގެ މެދުގައި ނެގި ވޯޓުގައި ޖަރުމަނަށް ލިބުނީ 104 ވޯޓެވެ. ޕޯޗުގަލްއަށް 134 ވޯޓު ލިބުނުއިރު، އޮސްޓްރިއާއަށް 131 ވޯޓު ލިބުނެވެ.

މި ނަތީޖާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަރުމަނުގެ ޚަރިޖީ ވަޒީރު ޔޮހާން ވަޑެފުލް ވިދާޅުވީ، މިގޮތަށް ނަތީޖާ ނުކުތުމުގައި ޔޫކްރެއިން ހަނގުރާމައާއި، އަދި އިސްރާއީލަށް ޖަރުމަނުވިލާތުން ދޭ ތާއީދު ދައުރެއް އަދާކޮށްފައި އޮވެދާނެ ކަމަށެވެ. އަދި ރަޝިޔާއިން ޖަރުމަނާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރިކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް މައްސަލަތަކުގައި ޖަރުމަނުވިލާތުން ގެންގުޅޭ ސްޓޭންޑަކީ ހުރިހާ މެމްބަރު ގައުމުތަކުން ގަބޫލުކުރާ ސްޓޭންޑެއް ނޫންކަމަށްވެސް ޔޮހާން ވަޑެފުލް ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި، މެދުއިރުމަތީގެ މައްސާލާގައި ޖަރުމަނުން އަބަދުވެސް އިސްރާއީލަށް ޚާއްސަ ތާއީދުތަކެއް ދޭތީ ވޯޓުތަކެއް ގެއްލުނީ ކަމަށް ގަބޫލުކުރެވޭ ކަމަށް، ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ނަސްލުނައްތާލަމުން ގެންދާކަން އދއިންވެސް ކަނޑައަޅައި، އަދި ކާފީ ހެކި ހުރެގެން މުޖުރިމު ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުމުންވެސް ޖަރުމަނުވިލާތުން ގެންދަނީ އިސްރާއީލަށް ހަތިޔާރުދީ، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިސްރާއީލަށް ތާއީދުދީ ހިތްވަރުވެސް ދެމުންނެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް ޖަރުމަނު އޮންނާނީ އެގޮތުގައި ކަމަށެވެ.

ޖަރުމަނުގެ ވެރިން އިސްރާއީލަށް ދަތުރު ކުރަމުންވެސް ގެންދެއެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ޗާންސެލަރވެސް ހިމެނެއެވެ.

ސަލާމަތީ މަޖިލީހުގައި ޔޫރަޕް ތަމްސީލުކުރާ ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި ޖަރުމަނު މިހާރުވެސް 6 ދައުރު ފުރިހަމަކޮށްފިއެވެ.

އދގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި، ސަލާމަތީ މަޖިލީހުގައި ހިމެނޭ އޭޝިޔާގެ ގޮނޑި، ފިލިޕީންސް ބަލިކޮށް ކާމިޔާބު ކުރީ ކިރްގިސްތާނެވެ. ކިރްގިސްތާނަށް 149 ވޯޓު ލިބުނުއިރު، ފިލިޕީންސަށް ލިބުނީ 43 ވޯޓެވެ.

އެފްރިކާގެ ގޮނޑިއަށް އިތުރު ގައުމަކުން ވާދަ ނުކުރާތީ ގޮނޑި ލިބުނީ ޒިމްބާބުވޭއަށެވެ. ކެރީބިއަންގެ ގޮނޑިއަށްވެސް އިތުރު  ގައުމަކުން ވާދަ ނުކުރާތީ ގޮނޑި ލިބުނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށެވެ.

ސަލާމަތީ މަޖީލިހުގައި ޖުމްލަ 15 މެމްބަރު ގައުމު ހިމެނޭއިރު، ވޯޓު މިނެގީ ދެއަހަރުން ދެއަހަރުން ދައުރުވާ 10 ގޮނޑީގެ ތެރެއިން މުއްދަތު ހަމަވާ ގޮނޑިތަކަށެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ 5 ގޮނޑި ތަމްސީލުކުރަނީ އެމެރިކާ، ޔޫކޭ، ރަޝިޔާ، ފްރާންސް އަދި ޗައިނާއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ އެތައް ކުޑަކުދިންނާއި، އަންހެނުން ނިދަންތިއްބައި ބޮންއަޅައި އަންދައި ޝަހީދުކޮށްލައިފި

އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ އުދުވާނުތައް އިންތިހާއަށް އިތުރުކޮށް ފުޅާކޮށްފި

ލުބުނާނުގެ މައްސަލާގައި ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ގޯސްކުރީ އީރާނާއި ހިޒްބުﷲ، އިސްރާއީލުގެ ނަމެއްވެސްނުގަނޭ

ބެއިރޫތަށް ދޭންއުޅުނު ހަމަލާތައް ހުއްޓުވައިފި، ޓްރަމްޕް ބުނީ އަންނަ ހަފްތާގައި އީރާނާއެކު އެއްބަސްވުމެއް ހެދޭނޭ ކަމަށް