ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ބޮންއަޅަނީ:
STO_Ads
TTH_Ads
Advertisement

ލުބުނާނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަދުވަހު ބާއްވަން ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ލުބުނާނުގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މި ބާއްވަނީ، އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް އިތުރަށް ފުޅާކޮށް އަދި ލުބުނާނުގެ ބިމުގެ އެތައް ސަރަހައްދުތަކެއް ހިފައި، އިސްތިއުމާރު އިތުރަށް ފުޅާކުރަމުންދާ ވަގުތެއްގައެވެ.

އިސްތިއުމާރީ ސިފައިން މިހާރު  ގެންދަނީ ލުބުނާނުގެ ދެކުނުގެ ހުރިހާ ރަށްތަކަށް ބޮންއަޅަމުންނެވެ. އާންމުންގެ ގެތަކާއި، އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ގަދީމީ ތާރީޚްތަކާ ގުޅުންހުރި އެތައް ތަނަކަށްވެސް ބޮންއަޅައި ހަލާކުކުރަމުން އެބަ ގެންދެއެވެ.

HajjCop_ads
Advertisement

އިސްތިއުމާރީ ސިފައިން މިހާރު ވަނީ، ލުބުނާނުގެ ދެކުނުގެ ލިޓާނީ ކޯރު ހުރަސްކޮށް، ދެކުނުގެ ނަބާޓިއާ ހިފުމަށް ހަމަލާތައް ދެމުންނެވެ. ލުބުނާނުގެ ދެކުނުގައި ހުންނަ ބިއުފޯޓް އިސްތިއުމާރީ ސިފައިން ހިފުމުން ނަތަންޔާހޫ ވަނީ އެކަމަށް މަރްހަބާވެސް ކިޔާފައެވެ.

އިސްތިއުމާރީ ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ހޮނިހިރު ދުވަހު އެކަނިވެސް ލުބުނާނުން 41 މީހުން މަރުވެ، 140 މީހުން ޒަޚަމްވިއެވެ. މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކުގައި 12 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވި ކަމަށް ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވާއިރު، އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބުނީ ކުރެވޭވަރު އަދިވެސް ކުޑަ ކަމަށާއި، ހަމަލާތައް ވަރުގަދަކޮށް މުޅި ލުބުނާނު ސުންނާފަތި ކޮށްލަންޖެހޭ ކަމަށެވެ.

ލުބުނާނުގެ ދެކުނުގެ ބިންތައް ޒަޔަނިސްޓު ދައުލަތުން ހިފަމުން ދިއުމުގެ ސަބަބުން އެމީހުން ލުބުނާނުގެ ބިންތައް ދިގު މުއްދަތަކަށް އިސްތިއުމާރު ކޮށްގެން ތިބޭނޭކަމުގެ ބިރުވެސް މިހާރު އުފެދިފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް އަރަބި ލީގުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވާއިރު، އަރަބި ލީގުގެ ވެރިޔާ އަބުލް ޣައިޘްވަނީ އިސްރާއީލުންލ ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު އިވެޓް ކޫޕަރ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޑިޕްލޮމަސީއަށް އޮތް ފުރުސަތު ގެއްލެމުންދާ ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ މިނިސްޓަރ ފޮރ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ ހަމީޝް ފަލްކޮނަރ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ އާންމުންނަށް ލިބެމުންދާ ގެއްލުންތައް ބަލައިނުގަނެވޭނޭ ކަމަށެވެ. އަދި ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް އޭނާ ގޮވާލައްވާފައި ވެއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޫހާން ވަޑެފޫލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނަށް އަރައިގަނެ ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މަސްރަހް އިތުރަށް ގޯސްވަމުންދާ ކަމަށާއި، އެއީ  ޖަރުމަނު ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ގަތަރުންވެސް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވާއިރު، މިއީ ސީދާ ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލައި ދެމުންގެންދާ އުދުވާނީ ހަމަލާތަކެއް ކަމަށް، ގަތަރުގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ

އިސްތިއުމާރީ ސިފައިން ޖަނާޒާއަށް ބޮންއެޅުމުން 7 މީހުން ޝަހީދު، 22 މީހުން ޒަޚަމް، ހަމާސްގެ ނުރުހުން

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

ޣައްޒާގައި ފެންބަލާގޮސް ތިބި އާންމުންނަށް ހަމަލާދީ ދެމީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައިފި