ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގަމީ، ސިއްހަތާއި އާއިލީ އަދި އިޖްތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީގެ އަރިހަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.

ޖަޕާން އެމްބަސީއިން ބުނީ މި ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުންގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ރާއްޖޭގައި އިޖްތިމާއީ ދާއިރާ އާއި ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

MMA_Ads
HajjCop_ads
Advertisement

އަދި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށް އެމްބަސީން ބުންޏެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު މީހގެ ކުރިން ޖަޕާނުން ވަނީ ސިއްހީ ދާއިރާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަަށް ސީއެމްބިއުލާންސެއް ވަނީ ހަދިޔާކޮށްފައެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި ވެސް ޖަޕާނުން ގެންދަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެމުންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

461850 885e58fd 6

ޒަމާނީ ޑިޖިޓަލް ނިޒާމްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާނަން: ގީލާ

Geela ali

ރާއްޖޭގައި ޝީޝާ މަނާކުރުމުގެ ވިސްނުމެއް އަދި ނެތް: ޤީލާ

ޓްރިޕަލް އެލިމިނޭޝަން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ

Igmh

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސީޕީ އާއި ހެލްތު މިނިސްޓަރު މަޝްވަރާކުރައްވައިފި