ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަޤުވާމީ އެކި މަންޒިލުތަކަށް މޯލްޑިވިއަންގެ ދަތުރުތަކާއި އެކު ބޮޑު ކާމިޔާބީތަކެއް!

Maldivian
TTH_Ads
STO_Ads
Advertisement

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފެށި ފަހުން މިހާތަނަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން އުފުލާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

“މިހާތަނަށް ކުރި ޖުމުލަ މި ހުރިހާ ދަތުރުތައް އެއްކޮށްލައިގެން ގާތްގަނޑަކަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން މި ވަނީ ހަމަ މި ވައިޑް ބޮޑީ އެއަރކްރާފްޓުން ޚިދުމަތް ހޯދާފަ. އަދި އޭގެ އިތުރަށް 1،8،00 އަށްވުރެ ގިނަ ޓަނުގެ މުދާ އަޅުގަނޑުމެން މި ވަނީ މަތިންދާ ބޮޑު އުފުލާފަ.” އިޔާސް

އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. އެއީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓުގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އެންމެ ފުރަތަމަ އަމާޒުކުރި މަންޒިލަކީ ޗައިނާ ކަމަށާއި، އެގޮތުން ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފެށި ކަމަށެވެ.

އިޔާސް ފާހަގަކުރެއްވި ގޮތުގައި ޗައިނާއަށް ކުރި ދަތުރުތަކުގައި އެކަނިވެސް 40،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އުފުލާފައެވެ. މީގެ ތެރެއިން 20،000 އަށްވުރެ ގިނަ ފަތުރުވެރިންނަކީ އަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންނެވެ. ޗައިނާގެ އިތުރުން، ޑިމާންޑަށް ބަލައި އިންޑިއާ، ބަންގްލަދޭޝް، މެލޭޝިއާ އަދި ސައޫދީ އަރަބިއްޔާއަށްވެސް މި ބޯޓުން ގިނަ ދަތުރުތަކެއް ކޮށްފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ، އެންމެ މަތިންދާބޯޓަކުން ވޭތިވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ ރާއްޖޭގެ އިގްތިޞާދަށާއި ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ގައުމީ އެއާލައިންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އިޔާސް ސިފަކުރެއްވިއެވެ.

މޯލްޑިވިއަންގެ 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޝެޑިއުލްޑް އަދި ޗާޓާރޑް ދަތުރުތައް މިހާރު ގިނަ ގައުމުތަކަށް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޙައްޖާޖީން އަދި ޢުމްރާވެރިން މައްކާއަށް ގެންދިއުމަށްޓަކައި ކުރާ ދަތުރުތަކާއި، ޗައިނާގެ މަޝްހޫރު ސިޓީތަކަށް ކުރާ ދަތުރުތަކާއި، އިންޑިއާ އަދި ބަންގްލަދޭޝަށް ކުރާ ދަތުރުތަކުގެ އިތުރުން ދާދި ފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތައްވެސް ހިމެނެއެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

އުތުރުގެ ތިން އަތޮޅެއް ވައިގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

maldivian

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

އައިޓީބީ ޗައިނާ 2026: މޯލްޑިވިއަނުން ކާމިޔާބު މަސައްކަތެއް

Maldivian

މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެންނަނީ