ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިންގުން ހަރުދަނާކުރުމަށް ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް

Shaheed Hussain Adam Building f623d70af8
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
އަލަށްގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެކެވެ. އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. ކޮމާންޑް ލެވެލްގައި 14 ބައެއް ހިމެނެއެވެ. އެއީ:

– އޮފީސް އޮފް ދަ ކޮމިޝަނަރ
– ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
– ޕްރޮފެޝަނަލް ސްޓެންޑަރޑްސް
– ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
– އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
– ފޮރެންސިކް ސަރވިސަސް
– ސެންޓްރަލް އިންވެސްޓިގޭޝަންސް
– މާލޭ ޕޮލިސް
– ހުޅުމާލޭ ޕޮލިސް
– ނޮދަން ޕޮލިސް
– ސަދަން ޕޮލިސް
– ސަރވިސް ޑިވެލޮޕްމަންޓް
– ސަރވިސް ސަޕޯޓް
– ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

HajjCop_ads
Advertisement

މީގެ ކުރިން އަމަލުރަމުން ގެންދިޔަ އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށެވެ. އެ އޮނިގަނޑަކީ 2025 އޮކްޓޯބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އޮނިގަނޑެކެވެ.

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

Big gUBkCRbGvOMS6EbvgKZG6P5V7

ވައިގެ މަގުން އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަގުމަގު ޕޯޓަލް: ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2724 މީހުން އެޕް ބޭނުންކުރޭ

776985181 1470305708464751 4024787492857494583 n (1)

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމާލައިފި