ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެނީ

ލުބުނާނުގެ ދެކުނުގެ އެންމެ މުހިންމު ރަށް ކަމަށްވާ ނަބާޓިއާއަށް އިސްތިއުމާރީ ސިފައިން މިއަދު ބޮންއަޅަނީ:
STO_Ads
TTH_Ads
Advertisement

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން އިސްތިއުމާރީ އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ހަމަލާތައް ދިނުމަށް މިސައިލާއި ރޮކެޓްވެސް ގެންދަނީ ބޭނުންކުރަމުންނެވެ.

އިސްތިއުމާރީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ހިޒްބުﷲއިން މިއަދު ހެނދުނުން ފެށިގެން ގެންދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.

HajjCop_ads
MMA_Ads
Advertisement

ހިޒްބުﷲއިން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުން ނުރައްކަލުގެ ޑަނޑޫރާގެ އަޑުތައް ނުހުއްޓެވެ.

މިސައިލްތަކާއި ރޮކެޓްތައް ވައްޓަމުންދާ ކަމަށް އިސްތިއުމާރީ އަސްކަރިއްޔާއިން ބުނާއިރު، ގެއްލުމެއް ލިބުނު ކަމެއް ނުބުނެއެވެ.

ނަމަވެސް، އާންމުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ކިރްޔަތު ޝްމޯނާއަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން މިގެންދަނީ، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ބޮންއަޅައި އެތައް ބަޔަކު މަރަމުން ގެންދިއުމާއި، އަދި ލުބުނާނުގެ ދެކުނުގެ އިތުރު ރަށްތައް ހިފުމަށް ކުރިއަށް ޖެހެމުންދާ ވަގުތެއްގައެވެ.

ހިޒްބުﷲއިން ގެންދަނީ ލުބުނާނުގެ ދެކުނަށް އަރައިގެންއުޅޭ އިސްތިއުމާރީ ސިފައިންނަށްވެސް ވަރުގަދަ ހަމަލާތަކެއްދީ، ދުޝްމަނުން މަރައި، އެމީހުންގެ ހަތިޔާރުތަކަށްވެސް ގެއްލުން ދެމުންނެވެ. އަދި ލުބުނާނުގެ އިތުރު ސަރަހައްދުތަކަށް ވަދެގަތުމަށް އުޅޭ އިސްތިއުމާރީ ސިފައިންނަށް ހަމަލާދީ ފަހަތަށްވެސް ޖައްސަމުން ގެންދެއެވެ.

ލުބުނާނުގެ ދެކުނުގެ ޒައުތަރުގައި އުޅުނު އިސްތިއުމާރީ ސިފައިންގެ އެތައް މަރްކަވާ ޓޭންކަކަށް ހިޒްބުﷲ މުޖާހިދުން ގައިޑެޑް މިސައިލުން ހަމަލާދީ މިއަދު ގޮއްވާލާފައި ވެއެވެ.

ލުބުނާނުގެ ދެކުނުގެ ދިބްއެއިންއަށް އެއްގަމުމަގުން ވަދެގަންނަން އުޅުނު އިސްތިއުމާރީ ސިފައިންނަށް ހަމަލާދީ ހުއްޓުވާފައި ވެސް ވެއެވެ.

އިސްތިއުމާރީ ސިފައިން އެންމެ ވަރުގަދައަށް ހަމަލާ ދެމުންގެންދަނީ ލުބުނާނުގެ ދެކުނުގެ ނަބާޓިއާ ހިފުމަށެވެ. އެ ރަށަކީ ލުބުނާނުގެ ދެކުނުގެ އިގްތިސާދުގެ އެންމެ މުހިންމު ރަށެވެ. އެރަށަށް އިސްތިއުމާރީ ސިފައިން ބޮންއަޅަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އިސްތިއުމާރީ ސިފައިން މިހާރު ތިބީ ނަބާޓިއާގެ ރަށްބޭރުގައެވެ. އެމީހުންނަށް އެރަށް ނުހިފިގެން އުޅެނީ ހިޒްބުﷲގެ ރައްދު ހަމަލާތައް ވަރުގަދަ ކަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ބިމުގެ 70 އިންސައްތަ ފޭރިގަންނަން، މުޖުރިމު ނަތަންޔާހޫ އޭނާގެ ސިފައިންނަށް އަމުރުކޮށްފި

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދިޔަނުދޭން ނަތަންޔާހޫ ކުރެވުނުހާކަމެއް ކުރަނީ

ގައުމު ދިފާއު ނުކުރެވޭނެ ސަރުކާރު އިސްތިއުފާދީ، ހަތިޔާރު ނުބަހައްޓާނަން: ހިޒްބުﷲގެ ވެރިޔާ

ސުމުދް ފްލޮޓިލާއިން ރަހީނުކުރި 422 މީހަކު ދޫކޮށްލުމުން ތުރުކީއަށް ގެންގޮސްފި