ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދު ފާހަގަ ކުރަންވާނީ އިސްލާމީ ސަޤާފަތާއި އެއްގޮތައް: ޝަހީމް

dr shaheem
TTH_Ads
STO_Ads
Advertisement

ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ އެއްގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޢަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި މެސެޖެއްގައި ވިދާޅުވީ އަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ މި ޢީދުގެ މުނާސަބަތުގައި، ޙައްޖުވެރިން މަޝާޢިރުތަކުގައި ތަލްބިޔާ ކިޔައި މާތްﷲ އެއްކައުވަންތަކޮށް، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރުގެ އަޑު އިވެމުންދާ މި ދަނޑިވަޅުގައި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ހަމަތަކަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ވަޒީރު އިތުރަށް ވިދާޅުވީ، ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށެވެ. “ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ،” ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. ޢީދަކީ އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެ އުފާވެރިކަން ފާޅުކުރުމުގައި ދީނީ އިމުގެ ތެރޭގައި ތިބުމުގެ މުހިންމުކަން ވަޒީރުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shaheem

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

dr shaheem

އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުން އެންމެ ގިނަ ޤައުމަށް ރާއްޖެ ހެދުން: ޑރ. ޝަހީމް

މިފަހަރުގެ ޢުމްރާއަށް 7000 އަށްވުރެ ގިނަ މީހުން ދާނެ: ޝަހީމް

އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން މިއަހަރު 738 އިމާމުންނަށް ތަމްރީންދިން