ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ

STO_Ads
TTH_Ads
Advertisement

މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލައި އެ ސަރަހައްދުތަކުގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފަ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަަކުގައި އިސްލާމީ ދާއިރާގެ 81 މަޝްރޫއަށް ވުރެ ގިނަ މަޝްރޫއު ފެށިގެން ކުރިއަށްދާކަމަށެވެ.

މިދިޔަ ރޯދަމަހަށް ގިނަ އަދަދެއްގެ މިސްކިތް ހުޅުވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ މިއަހަރުގެ ރޯދަ މަހުގެ ކުރިން ވެސް ވިއްސަކަށް މިސްކިތް ހުޅުވިގެންދާނެކަމަށެވެ.

HajjCop_ads
Advertisement

“އިރާދަކުރެއްވިއްޔާ މި އަހަރުގެ ރޯދަމަހުގެ ކުރިން އިތުރު ވިއްސަކަށް މިސްކިތް ހުޅުވިގެންދާނެ، މާލޭ އޭރިއާގައި ހުރި ވަގުތީ މިސްކިތްތައް، ހުޅުމާލޭގައި ހުރި ޓިނުން ހަދާފައިވާ މިސްކިތްތައް އުވާލެވޭނެ، އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދާއިމީ މިސްކިތްތައް ބިނާކުރެވިގެންދާނެ،” ވަޒީރު

ފާއިތުވީ ދެ އަހަރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

“އިސްލާމީ ކަންތައްތަކާ ބެހޭ ވުރާޒާއިން މިހާރު ކުރިއަށް އެބަގެންދޭ 81 މަޝްރޫއަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް، އޭގެތެރޭގައި މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި ވަގުފު ބިނާތައް ހިމެނޭ، އަޅުގަނޑު ދަންނަވާނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ތާރީހުގައި އިސްލާމީ ދާއިރާގެ އެންމެ ގިނަ މަޝްރޫއުތައް ތަންފީޒުކުރެވެމުންދާ މުއްދަތޭ މިއީ،” ވަޒީރު

މި މަޝްރޫއުތައް ކުރިއަށްގެންދަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި އިގްތިސާދީ ދަތިތަކުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހުގެ ކުރިންނާއި ރޯދަ މަހުގެ ތެރޭގައި ވިއްސަކަށް މިސްކިތުގެ އަމަލީ މަސައްކަތް ނިންމައި ހުޅުވާފައިވާކަމަށް ވިދާޅުވެ ވަޒީރު ވަނީ ގޮންޖެހުންތަކާ އެކުވެސް މަސައްކަތްތައް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

“އޭގެ ތެރޭގައި ކުރީ ސަރުކާރުން ފަށައި ނުނިންމާ ހުރި މަޝްރޫއުތައްވެސް އެބަހުރި، އަދި ބޮޑެތި މަޝްރޫއުތައް ވެސް ހިމެނޭ، މިސާލަކަށް ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް، އެ މަޝްރޫއު ފަށާފައި އޮތީ އެންމެ ދެ ލައްކަ ރުފިޔާ ބަޖެޓުގައި ޖަހައިގެން، އެކަމަކު އެތަނަށް ފަސްދޮޅަހެއްހައި މިލިއަން ރުފިޔާ ހަރަދުކުރެވިފައިވަނީ، މިއީ ފެނިފައި ހުރި ހަގީގަތްތައް،” ވަޒީރު

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރީ ސަރުކާރުން ވިޔަސް ފަށާފައިހުރި ރަނގަޅު، ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތައް ނިންމުންކަމަށެވެ.

ވަޒީރު ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލިސް މެމްބަރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ މިސްކިތްތައް ވަނީ ބިނާކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big CuDs7fzlrhkA5F8adRDUFOWDd

ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތުގެ 14 ވަނަ ޕްރޮގްރާމް ފަށައިފި

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

Big Tgiyzo7XVSWa475GzDjpWtauT

ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް އެކުލަވާލަން ބިލު މަޖިލީހަށް

88887

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރަކަށް ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި