ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމު ދިފާއު ނުކުރެވޭނެ ސަރުކާރު އިސްތިއުފާދީ، ހަތިޔާރު ނުބަހައްޓާނަން: ހިޒްބުﷲގެ ވެރިޔާ

ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ޝައިޚް ނައީމް ގާސިމް
TTH_Ads
STO_Ads
Advertisement

ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއު ނުކުރެވޭނަމަ އިސްތިއުފާ ދިނުމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ޝައިޚް ނައީމް ގާސިމް ލުބުނާނު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޝައިޚް ނައީމް ގާސިމް މިކަމަށް ގޮވާލެއްވީ، އާންމު ކުރެއްވި ވީޑިއޯ ބަޔާނެއްގައެވެ.

އޭނާ ވަނީ، ލުބުނާނުގެ ސަރުކާރު ވެރިކަމުގައި އަހަރާއި ބައި ހޭދަވިއިރު ހާސިލްކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

ޝައިޚް ނައީމް ގާސިމް ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ނަމުގައި އެމެރިކާއިން ޕްރެޝަރކޮށްގެން ލުބުނާނު ސަރުކާރުގެ މަންދޫބުން ގެންގޮސްގެން ކުރާކަމަކީ އެމެރިކާއާއި ޒަޔަނިސްޓުން ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. އެއީ ރޭވުމެއް ކަމަށެވެ.

އެހެންކަމުން، ހަނގުރާމަ ހުއްޓާލުމުގެ ނަމުގައި ނުވަތަ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ނަމުގައި ބާއްވާ އެއްވެސް ވާހަކައަކަށް ނުދިއުމަށް ނައީމް ގާސިމްވަނީ ލުބުނާނު ސަރުކާރަށް ގޮވާލައްވާފައެވެ.

ލުބުނާނާ ދެކޮޅަށް އުދުވާނު ހިންގައި އާންމުން މަރައި، ލުބުނާނުގެ ބިމަށް އަރައިގެންފައިވާ އިސްތިއުމާރީ ޒަޔަނިސްޓުންނާ ވާހަކަ ދައްކާނަމަ މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓާލުމަކީ ލުބުނާނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް، ހިޒްބުﷲގެ ވެރިޔާ ވިދާޅުވިއެވެ. މިއީ އެކަން ކުރަންވީ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

އިސްތިއުމާރީ ބާރާ ދެކޮޅަށް ހިޒްބުﷲއިން ހިންގާ އޮޕަރޭޝަންތަކަކީ ޖިނާއީ ކުށްތަކުގެގޮތުގައި ލުބުނާނު ސަރުކާރުން ކަނޑައަޅާފައިވާ ކަނޑައެޅުން ނިމުމަކަށް ގެނައުމަށްވެސް ޝައިޚް ނައީމް ގާސިމް ގޮވާލައްވާފައި ވެއެވެ.

އޭނާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލާއި އަދި ލުބުނާނު ސަރުކާރުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނޭ ކަމަށެވެ.

ލުބުނާނުގެ ބިމާއި، ލުބުނާނުގެ ރައްޔިތުންނާއި ލުބުނާނުގެ ޝަރަފް ދިފާއުކުރުމުގައި ހިޒްބުﷲ ދެމިއޮންނާނޭ ކަމަށާއި، ހިޒްބުﷲއަށް ދިމާކުރާ ކޮންމެ ބަޔަކާ، އިސްތިއުމާރީ އިސްރާއީލާ ކުރިމަތިލާފަދައިން ކުރިމަތިލައި ބަލިކުރާނޭ ކަމަށް ޝައިޚް ނައީމް ގާސިމް ވަނީ ވައުދުވެވަޑައި ގެންފައެވެ.

ހިޒްބުﷲއިން ގެންދަނީ ލުބުނާނުގެ ދެކުނަށް އަރައިގެންފައިވާ އިސްތިއުމާރީ ސިފައިންނަށް ޑްރޯންއާއި، ރޮކެޓާއި، މިސައިލުން ވަރުގަދަ ހަމަލާތަކެއް ކޮންމެ ދުވަހަކުދީ އެތައް ބަޔަކު މަރައި، ބޮޑެތި ގެއްލުންތައް ދެމުންނެވެ. ލުބުނާނުގެ ދެކުނުން ޒަޔަނިސްޓު ސިފައިންގެ އެތައްބަޔަކު އާދީއްތަ ދުވަހުވެސް މަރާލާފައި ވެއެވެ.

އަދި އިސްރާއީލުގެ އުތުރުގެ ރަށްތަކަށްވެސް ކޮންމެ ދުވަހަކު ގެންދަނީ ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ އިސްތިއުމާރީ ސިފައިންނަށް އެއްވެސް ކުރިއެރުމެއް ނުލިބިގެން ރުޅިއައިސްގެން މިހާރު ގެންދަނީ ލުބުނާނުގެ ދެކުނުގެ ހުރިހާ ހިސާބަކަށް ވައިގެމަގުން ބޮންއަޅަމުންނެވެ. ބަލިވާން ފެށީމާ އަބަދުވެސް ކުރާ ކަމަކީ އެއީއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ހަމަލާގައި ގެއްލުނު އިންޑިއާ 3 މީހުންގެ ހަށިގަނޑު ފެނިއްޖެ، އިންޑިއާގެ އުޅަނދަކަށް މިއަދުވެސް ހަމަލާދީފި

އީރާނުގެ އެކި ރަށްތަކަށް އެމެރިކާއިން ރޭގައި ބޮންއެޅުމުން އީރާނުން ވަރުގަދައަށް ބަދަލުހިފައިފި

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތައް އީރާނުން މެދުކަނޑާލައިފި

އީރާނު ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި