ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ

ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް:
STO_Ads

ލުބުނާނާއި އިސްރާއީލުގެ އެމްބަސެޑަރުން ގެންގޮސްގެން، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ހެދި އެއްބަސްވުމަކީ ލުބުނާނުގެ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށް، ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް ވިދާޅުވެއްޖެއެވެ.

ހިޒްބުﷲއިން އާންމުކުރި ނައީމް ގާސިމްގެ ބަޔާނެއްގައި އޭނާ ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދިފައިވާނަމަ ދެ ފަރާތުންވެސް އެއްބަސްވުމަށް އަމަލުކުރަން ޖެހޭނޭ ކަމަށެވެ. އެއީ، ހަމައެކަނި ލުބުނާނުން އަމަލުކުރަންޖެހޭ އެއްޗެއްގެ ގޮތުގައި އޮވެގެން ނުވާނޭ ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ މާނައަކީ ހުރިހާ އަދާވާތްތެރިކަމެއް މުޅިން ހުއްޓާލުން ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން އާންމުކުރި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި “އަމިއްލަ ނަފުސުގެ ދިފާއުގައި” ލުބުނާނުގެ ތެރޭގައި ހަމަލާތައް ދިނުމުގެ އިޚްތިޔާރު އިސްރާއީލަށް ދީފައިވެއެވެ.

Maldivian_Ads

ނުވިތާކަށް، ލުބުނާނުގެ ދެކުނުގެ 55 އަވަށެއް އިސްތިއުމާރު ކޮށްގެން އޮތުމުގެ ބާރުވެސް އިސްރާއީލަށް ދީފައިވެއެވެ. އިސްތިއުމާރީ ސިފައިން މިހާރު ތިބީ ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުގައި ގާއިމްކުރި “ޔެލޯ ލައިން” ފެށިގެން އެތެރޭގެ ހުރިހާ އަވަށްތައް އިސްތިއުމާރު ކޮށްގެންނެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ބުރާސްފަތި ދުވަހުގެ ރޭ އަމަލުކުރަން ފެށިއިރު، އިސްތިއުމާރީ ސިފައިންވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ލުބުނާނުގެ ދެކުނުގެ އެތައް އަވަށަކަށް ބޮންއަޅާފައެވެ. އަދި ބޮޑުބަޑީގެ ވަރުގަދަ ހަމަލާތަކާއި، މެޝިންބަޑީގެ ހަމަލާތައްވެސް ދީފައި ވެއެވެ.

އަދި ލުބުނާނުގެ ދެކުނުގެ އަވަށްތަކުގެ ގެތަކާއި، އިމާރާތްތައް ވައްޓައި ސުންނާފަތި ކުރުމުގެ ޖަރީމާތައްވެސް ހުއްޓާނުލާ ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެއިތުރުން، ހޮނިހިރު ދުވަހުގެ ހަވީރު އަނެއްކާވެސް ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ހަމަލާ ދީފައިވަނީ “ޔެލޯ ލައިން” އާ ދިމާއަށް ބަޔަކު އަންނާތީ ކަމަށް އިސްތިއުމާރީ ސިފައިން ބުނެފައި ވެއެވެ.

ލުބުނާނުގެ މިނިވަންކަމާއި އިސްތިގްލާލަށް ބެލުމެއްނެތި، ލުބުނާނުގެ ރައްޔިތުންގެ ލޭއޮހޮރުވަމުންދާ ދުޝްމަނާއެކު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުން ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމްވަނީ، ލުބުނާނުގެ ރައީސް ޖޯސެފް އައުންއަށާއި، ބޮޑުވަޒީރާއި ލުބުނާނު ސަރުކާރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

އަދި ވިދާޅުވީ، އެމެރިކާއިން އިސްވެއޮވެ ހެދި އެއްބަސްވުމަކީ ލުބުނާނުގެ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށާއި، އެއީ އިސްރާއީލުން ބޭނުންވުމުން ބޭނުންއިރަކު އުދުވާނު ހިންގުމަށް ފުރުސަތު ދީފައިވާ އެއްބަސްވުމެއް ކަމަށެވެ.

ނައީމް ގާސިމް ވިދާޅުވީ، ހިޒްބުﷲގެ މުޖާހިދުން ހަތިޔާރު ނުބަހައްޓާނޭ ކަމަށާއި، ފަހަތަކަށްވެސް ނުޖެހޭނޭ ކަމަށާއި، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ތެރެއަށްދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދުތަކެއް ދެމުންގެންދާނޭ ކަމަށެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލު ހޯދެންދެން ހިޒްބުﷲ މަޑު ނުކުރާނޭ ކަމަށާއި، ލުބުނާނުގެ ތެރޭގައި އުދުވާނު ހިންގުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނޭ ކަމަށްވެސް ވައުދުވެވަޑައި ގެންނެވިއެވެ.

ހިޒްބުﷲއިން ދުޝްމަނުންނަށް ދުވަހަކުވެސް އަމާން ނުދޭނޭ ކަމަށާއި، އެންމެ ފަހު ނޭވާއާހަމައަށް ހަނގުރާމައިގެ މައިދާނުގައި ދެމިތިބޭނޭ ކަމަށްވެސް ހިޒްބުﷲގެ ވެރިޔާ ވައުދުވެވަޑައި ގެންފައި ވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފި

އެމެރިކާއިން ބްލޮކޭޑް އުވާނުލުމުން ހޮރްމޫޒު ކަނޑުއޮޅި ކުރިން އޮތް ހާލަތަށް ގެނައިކަން އީރާނުން އިއުލާން ކޮށްފި

ހޮރްމޫޒު ހުޅުވާލުމާ ގުޅޭގޮތުން ޓްރަމްޕް ހަގީގަތާ ޚިލާފް ބަޔާންތައް ނެރޭތީ އީރާނުން ނުރުހުން ފާޅުކޮށްފި

ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ ޝަރުތެއް، އެމެރިކާއާ ވާހަކަ ދައްކަން ދެންއޮތީ މައިގަނޑު 3 ނުކުތާ