ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ޚިޔާލު އަނެއްކޮޅަށް، މިހާރުއޮތް ޑްރާފްޓް އެއްބަސްވުން ފައިނަލްކުރަން ޓްރަމްޕް ފަސްޖެހިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

ފާޑުކިއުންތައް އަމާޒުވާން ފެށުމުން އީރާނާއެކު ހަދާ އެއްބަސްވުމުގެ ދެލިކޮޕީ ފައިނަލްކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްޖެހިއްޖެއެވެ.

އީރާނާއެކު ސޮއިކުރަން މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ފައިނަލްކޮށް ރޭގައި އިއުލާންކުރަން އޮތް ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެކަން ފަސްކޮށްފައެވެ. އަދި އީރާނާއެކު މަޝްވަރާކުރާ އޭނާގެ ޓީމަށް އަންގާފައިވަނީ އަވަސްއަރުވާލައިގެން އެއްބަސްވުން ފައިނަލްކުރަން އަދި މަސައްކަތް ނުކުރުމަށެވެ.

އަދި އީރާނާއެކު ހަދާ އެއްބަސްވުން ފައިނަލް ކުރެވި ސޮއި ކުރެވެންދެން ބްލޮކޭޑް ދަމަހައްޓަންވެސް އެމެރިކާ ސިފައިންނަށް ޓްރަމްޕް ވަނީ އަންގާފައެވެ.

HajjCop_ads
MMA_Ads
Advertisement

އެއްބަސްވުމެއްގެ ދެލިކޮޕީ އެކަށައެޅިއްޖެކަމަށް ރިޕޯޓްތައް ފެތުރު ނަމަވެސް، ސީދާ އެއީ ކޮން އެއްބަސްވުމެއް ކަމެއް މީޑިއާއަށްވެސް އަދި ސާފެއް ނުވެއެވެ. މީޑިއާގައި ވަރަށް ގިނަ ޑްރާފްޓްތައް ދައުރުވަމުން އެބަ ދެއެވެ.

އެމެރިކާގެ ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުންވެސް ގެންދަނީ، މިހާރު ފެންމަތިވެފައިވާ ޑްރާފްޓް އެއްބަސްވުންތަކަށް ފާޑުކިޔަމުންނެވެ.

އެމީހުން ބުނަމުންދަނީ، އެމެރިކާއިން އެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެއީ އީރާނާ ދެކޮޅަށް ހަނގުރާމައަށް ދިޔަ އެއްވެސް ކަމެއް ހާސިލްނުވެ އެމެރިކާ ހުސްއަތާ އެނބުރި އައުން ކަމަށެވެ. އަދި އީރާނު ކުރިއަށްވުރެ ބާރުގަދަވެގެން ދާނޭ ކަމަށްވެސް އެމީހުން ބުނަމުން ގެންދެއެވެ.

ދައުރުވަމުންދާ ބައެއް ޑްރާފްޓްތަކުގައި ބުނަނީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ވާހަކަތައް ކުރިއަށް ގެންދިއުމާއި، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލައި އެމެރިކާގެ ބްލޮކޭޑްވެސް ނިމުމަކަށް ގެންނަންޖެހެއެވެ.

އެކަމަކު، ޓްރަމްޕް މިހާރު ބުނަމުންގެންދަނީ އީރާނާއެކު އެއްބަސްވުމެއް ހެދި ސޮއިކުރެވެންދެން ބްލޮކޭޑް ދެމިއޮންނާނޭ ކަމަށެވެ. ޓްރަމްޕްގެ ޚިޔާލު މިހާރުވަނީ މުޅީން އަނެއްކޮޅަށް އެނބުރިގެން ގޮސްފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް