ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ރައީސް ސަރަހައްދުގެ ވެރިންނަށް ފޯނުން ގުޅަނީ، އެންމެން ނޭވާހިފަހައްޓާލައިގެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ފޯނުން ގުޅުއްވަމުން އެބަ ގެންދަވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓްކުރަމުން އެބަ ގެންދެއެވެ.

ރޮއިޓަރސްއިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ފޯނުން ގުޅުއްވަމުން ގެންދަވަނީ ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، ތުރުކީ އަދި ޕާކިސްތާނުގެ ވެރިންނަށް ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އެ ގައުމުތަކުގެ ވެރިންނަށް ގުޅުއްވަމުން ގެންދަވަނީ، އީރާނާއެކު އެއްބަސްވުމެއް ހެދުމަށް ދެކެވެމުންދާ ވާހަކަތަކުގެ ނަތީޖާއާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

HajjCop_ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ނުސީދާ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޖެނެރަލް ސައްޔިދު އާސިމް މުނީރު، އީރާނުގެ ވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު މިހާރުވަނީ ތެހެރާނުން ފުރާވަޑައިގެންފައެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނެފައިވަނީ، ޖެނެރަލް މުނީރުއާއި އީރާނުގެ ވެރިންނާއެކު ދެކެވުނު ވާހަކަތަކުން އުންމީދީ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބުނެފައިވަނީ، އީރާނާއެކު އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތީ “ފިފްޓީ ފިފްޓީ” ކަމަށެވެ. އީރާނުގެ ހުށަހެޅުންތަކުގެ ފަންސާސް އިންސައްތައަށް އޭނާ އެއްބަސްވާ ކަމަށާއި، ފަންސާސް އިންސައްތަ ފުރުސަތު އޮތީ ހަނގުރާމައަށް ދިއުމަށް ކަމަށެވެ.

ކަށަވަރު ނުވާ ބައެއް ރިޕޯޓްތައް ބުނަނީ، ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 60 ދުވަހަށް އިތުރުކުރަން ހުށަހެޅި ދެފަރާތުންވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ހުށަހެޅުން އައީ ޕާކިސްތާނުގެ ފަރާތުންނެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ފޯނުން ގުޅުއްވަމުން ގެންދަވާއިރު، ސަރަހައްދުގެ ގައުމުތަކުގެ ވެރިންނާއި ޚާރިޖީ ވަޒީރުންވެސް ގުޅުއްވައި، މަސްރަހާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވަމުން އެބަ ގެންދަވައެވެ. އެންމެންވެސް މިހާރު ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެމުން ގޮސްފައިވަނީ، ހަފްތާ ބަންދާ ހަމައަށް އީރާނާއެކު އެއްބަސްވުމެއް ނުހެދިއްޖެނަމަ އަސްކަރީ ހަމަލާތައް ފަށާނޭ ކަމަށެވެ.

ޕާކިސްތާނު މެދުވެރިވެގެން ދެކެވުނު ވާހަކަތަކުގައި އީރާނުންވެސް ގިނަ ކަންތައްތަކެއްގައި ދޫދީފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން ގޮސްފައި ވެއެވެ. ނަމަވެސް، ދެ ފަރާތުން އެއްބަސްވީ ކަންކަމެއް އަދި އެއްބަސްނުވާ ކަންކަމެއް އަދި ސާފެއް ނުވެއެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އީރާނު ރައްޔިތުންގެ ހައްގުތައް ގަބޫލުކޮށް އެމެރިކާގެ ރައީސަށް ޖެހޭނީ އީރާނުގެ ޑިމާންޑްތަކަށް އެއްބަސްވުމަށް ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ