ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައި: އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައި ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

ޓްރަމްޕް ބުނީ، އެމެރިކާގެ ބްލޮކޭޑްގެ 100 އިންސައްތަ އަސަރު ކުރަމުންދާ ކަމަށާއި، އޭގެ އަސަރު އީރާނަށް ކުރަމުންދާ ކަމަށެވެ. އެހެންވެ، ހޮރްމޫޒުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށްވެސް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އީރާނުގެ ބަނދަރުތަކަށް އަންނަ ބޯޓުފަހަރާއި، އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ބޯޓުފަހަރަށް ހުރަސްއަޅަން އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތް ނުވަތަ ބްލޮކޭޑް، އެމެރިކާގެ ރައީސް ސިފަކޮށްފައިވަނީ ދަގަނޑު ފާރެއްގެގޮތުގައެވެ.

އެކަމަކު، އީރާނުގެ އިންގިލާބީ ލަޝްކަރުން މިއަދު ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 31 އުޅަނދެއް ހޮރްމޫޒު ހުރަސްކޮށްފައިވާ ކަމަށެވެ.

އެ އުޅަނދުތައް ހުރަސްކޮށްފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކާ ކޯޑިނޭޓްކޮށްގެން، ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި ކަމަށާއި، ހޮރްމޫޒު ހުރަސްކުރި އުޅަނދުތަކުގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި، ކޮންޓެއިނަރ ބޯޓުތަކާއި، އެނޫންވެސް ވިޔަފާރި އުޅަނދުފަހަރު ހިމެނޭ ކަމަށް، އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.

ހޮރްމޫޒު ކަނޑޮއޮޅި ހުރަސްކުރާ އުޅަނދުފަހަރުން ފީއެއް ނަގަން އީރާނުން އުޅޭ މައްސަލާގައި އެމެރިކާގެ ރައީސް ބުނީ، ހޮރްމޫޒަކީ ބައިނަލްއަގްވާމީ ކަނޑުގެ މަގެއް ކަމަށާއި، އެމަގުން ފީއެއް ނަގަން އެމެރިކާއިން ބޭނުން ނުވާ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން، ފީވެސް ނަގާނަން: ޓްރަމްޕް

ދެފަރާތުން ހަމަލާތައް ބަދަލުކުރި ނަމަވެސް އަލުން ވާހަކަތައް ފަށަން ކުރެވޭ މަސައްކަތް ނުހުއްޓޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނަށް ދިން ހަމަލާތަކަށް ވަރުގަދައަށް ބަދަލުހިފަން ފަށައިފި، އެމެރިކާގެ ބޭސްތަކަށް ބޮޑެތި ގެއްލުން

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް