ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC
TTH_Ads
STO_Ads
Advertisement

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް މައާފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުން މީގެ ކުރިން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން 20 އިންސައްތައިގެ ޓެކްސްއެއް ނަގަމުން އައި ނަމަވެސް، މިހާރު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޓެރިފް މައާފުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށާއި، މިއީ ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާކަމުގެ ހެއްކެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މި އަމާޒަށް ވާސިލުވުމަށް ސްޓްރެޓީޖިކް ގޮތުން މަސައްކަތް ކުރައްވާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައި، ރައީސް ވަނީ މި މައްސަލަ ސީދާ އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައެވެ. ރަސްގެފާނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކަނޑުމަހަކީ ފެންވަރު ރަނގަޅު އަދި އިނގިރޭސި މާކެޓުގައި ޑިމާންޑް ބޮޑު އުފެއްދުމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ނަގަމުން އައި 20 އިންސައްތައިގެ ޓެރިފްގެ ސަބަބުން ދިވެހި މަސްވެރިންނަށް އެކަށީގެންވާ އަގު ނުލިބުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ރައީސްގެ ސީދާ ބައިވެރިވުމާ އެކު، ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުން އިނގިރޭސިވިލާތުގެ ޑިއުޓީ މައާފުކުރާ ލިސްޓުގައި ރާއްޖެ ހިމެނުމަށް ވަނީ ކާމިޔާބު ހޯދާފައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ގައުމެއްގެ އިސްވެރިއަކު މިފަދަ ވިޔަފާރީގެ އެއްބަސްވުމަކަށް ސީދާކޮށް ލޮބީ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތް މަސައްކަތްތައްރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 މިލިއަން ޕައުންޑާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ކަނޑުމަސް އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރެއެވެ. އަދި އެ ގައުމަށް އެންމެ ގިނައިން މަސް ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ނުވަ ވަނައިގައެވެ. މި ލުއި ދާއިމީ ކުރުމަށް އިނގިރޭސި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު

Big SUh9OJQhA1ybe9bm0Ece8dzbT

މީޑީއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ތަރުޖަމާނު

DSC

ރައީސް އޮފީހަށް ހުށައެޅި 233 އާރުޓީއައިއަށް ޖަވާބުދީފައިވޭ: ތަރުޖަމާނު