ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާންގެ ކުރީގެ ރޫހީ ލީޑަރުގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: މުންދު

TTH_Ads
STO_Ads
Advertisement

އިސްރާއީލާއި އެމެރިކާއިން ހަަމަލާދީ އަަވަހާރަކޮށްލާފައިވާ، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ރަސްމިއްޔާތަށް ގައުމުތަކުގެ ވެރީންނަށާއި އަދި އިސްލާމީ ގައުމުތަކަށް ވަނީ ދައުވަތު އަރުވައިފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އެ ދައުވަތު ގަބޫލުކޮށް ރާއްޖެއިން މަންދޫބަކު ފޮނުއްވާނެ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކެއްގައި އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. މި ޖަނާޒާ ބާއްވަން އެންމެ ފުރަތަމަ ރޭވީ މާޗް މަހުގައެވެ. ނަމަވެސް، މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ޖަނާޒާވަނީ ފަސްކޮށްފައެވެ.

މި ރަސްމިއްޔާތުތައް އިންތިޒާމުކުރުމާއި ހަވާލުވެހުންނެވި އީރާން އަސްކަރިއްޔާގެ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު ހަސަން ހަސަންޒާދޭއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީއަށް އަލްވަދާއު ކިޔުމުގެ ރަސްމިއްޔާތާއި ކަށުނަމާދު އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއިފަސް ވަނަ ދުވަހު ތެހެރާންގެ އިމާމް ގްރޭންޑް މުސައްލާގައެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގައެވެ.

އީރާންގެ ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި މި ރަސްމިއްޔާތުތަކުގައި ގާތްގަނޑަކަށް 20 މިލިއަން މީހުން ބައިވެރިވާނެއެވެ.

އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން، އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ މާޗް މަހުގެ ކުރީކޮޅު އީރާނުގެ އާ ރޫހީ ލީޑަރުގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންފައެވެ.

މިއީ 1979 ވަނަ އަހަރު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން މި މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކުވެސް އަސާސީ ޚިދުމަތްތައް މެދުނުކެނޑޭނެ: ސަރުކާރު

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު