ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކުވެސް އަސާސީ ޚިދުމަތްތައް މެދުނުކެނޑޭނެ: ސަރުކާރު

DSC
TTH_Ads
STO_Ads
Advertisement

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ނުކުރާނެ ފަދަ ގޮތަކަށެވެ. އަސާސީ ޚިދުމަތްތައް ހުއްޓާލައިގެން މާލީ ހާލަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި އަދި ސަރުކާރުން ގެންގުޅޭ ސިޔާސަތަކާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމުގެ މާލީ ހާލަތު ނާޒުކުކަން ގަބޫލުކުރައްވައި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ހާލަތުން އަރައިގަތުމަށް ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުންދާކަން ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ބޭރުގެ ދަރަނި މިހާރު ހުރީ މެނޭޖްކުރެވޭ ފަދަ ހާލަތެއްގައި ކަމަށާއި، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓްތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

އެތެރޭގެ ދަރަނި ނުވަތަ ޑޮމެސްޓިކް ޑެޓް ހުރީ ސަރުކާރުން ބޭނުންވާ މިންވަރަށްވުރެ މަތީގައި ކަމަށް ތަރުޖަމާނު އެއްބަސްވެވަޑައިގެންނެވިއެވެ. މި ދަރަނި ކުޑަކުރުމުގެ މަސައްކަތް ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، މިގޮތުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެންމެ ބޮޑު އަސަރެއް ކުރާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ. ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ މަސައްކަތްތައް ފުރިހަމަވުމުން، ދައުލަތުގެ ހަރަދުތައް ކުޑަވެ، މާލީ ހާލަތު މުޅިން ރަނގަޅުވެގެންދާނެ ކަމުގެ އުއްމީދު ސަރުކާރުން ކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tharujamaanu Mundhu

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

DSC

މިއީ ރައީސް ޑރ. މުއިއްޒުގެ އިގްތިސާދީ ތަސައްވުރާއި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް: ތަރުޖަމާނު

DSC

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގައި ވަކި ބަޔަކު އިސްތިސްނާ ނުކުރާނެ: ސަރުކާރުގެ ތަރުޖަމާނު

Big SUh9OJQhA1ybe9bm0Ece8dzbT

މީޑީއާ ވިލެޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ތަރުޖަމާނު