ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް އަސްކަރީ ހަމަލާ ދޭން ނުފަށައި މަޑުޖައްސާލީ ގަލްފްގެ ބައެއް ގައުމުތަކުން އެދިގެން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި އީރާނާ ގުޅޭގޮތުން ވާހަކަ ދައްކަނީ:
STO_Ads
TTH_Ads
Advertisement

އަންގާރަ ދުވަހު އީރާނަށް އަސްކަރީ ހަމަލާދޭން ފަށަން ނިންމުމަށްފަހު ހަމަލާތައް މަޑުޖައްސާލީ ގަލްފްގެ ބައެއް ގައުމުތަކުގެ ވެރިން އެދިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމެރިކާގެ ރައީސް ބުނީ، އީރާނަށް ދޭން ނިންމި ހަމަލާތައް މަޑުޖައްސާލީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އައްޘާނީއާއި، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއި، ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންގެ އެދިވަޑައިގަތުމަށް ކަމަށެވެ.

އެބޭފުޅުންނަކީ އެމެރިކާގެ ވަރަށް ގާތް ބައިވެރިން ކަމަށާއި، އެމެރިކާއިން އިހްތިރާމްކުރާ ބޭފުޅުން ކަމަށްވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އަދި މިވަގުތު ސީރިއަސް މަޝްވަރާތަކެއް ކުރެވެމުންދާތީއާއި، އެމެރިކާއާއި މެދުއިރުމަތީގެ ގައުމުތަކުންވެސް ގަބޫލުކުރާނޭ އެއްބަސްވުމެއް ހެދިގެން ދާނޭކަމަށް އެބޭފުޅުން ދެކިވަޑައި ގަންނަވާ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

އޭގެފަހުން އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ޓްރަމްޕް ބުނެފައިވަނީ، އީރާނާއެކު ހެދޭ އެއްބަސްވުމެއްގައި، ނިއުކްލިއަރ ހަތިޔާރު ނުއުފައްދަން އީރާނު އެއްބަސްވާންޖެހޭނޭ ކަމަށެވެ. މީގެން ދޭހަކޮށްދެނީ އީރާނަށް ހަމަލާދޭނޭ ކަމުގެ ބިރު ދައްކައިގެން ޓްރަމްޕް ރުހޭފަދަ އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރާކަމެވެ.

އީރާނަށް އަސްކަރީ ހަމަލާދިނުން މަޑުޖައްސާލަން ނިންމައިފިކަން އެމެރިކާގެ ރައީސް އިއުލާން ކުރިއިރު، އީރާނަށް އަންގާރަ ދުވަހު ހަމަލާދޭން ނިންމިކަމެއް އެމެރިކާގެ ރައީސް އަދި އެމެރިކާގެ އެހެން ވެރިޔަކުވެސް ކުރިން ބުނެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނަމުންދިޔައީ، އީރާނަށް ހަމަލާދިނުމާ ގުޅޭގޮތުން ގޮތެއް ނިންމަން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި އަންގާރަ ދުވަހު ސިއްރު ސައްލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރަމްޕް ބުނީ، އީރާނުން އެކަށީގެންވާ ހުށަހެޅުމެއް ލިބެންދެން ހަމަލާތައް ނުދީ ދެތިން ދުވަހަށް ބަލާނޭ ކަމަށާއި، އޭގެފަހުން ހަމަލާތައް ދޭން ފަށަން އަސްކަރިއްޔާއަށް އަމުރުކުރާނޭ ކަމަށެވެ.

އީރާނަށް ހަމަލާދޭން ނުފަށައި މަޑުޖައްސާލި ނަމަވެސް، އެމެރިކާގެ ރައީސްވަނީ، އީރާނު ކައިރިއަށް ޖަމާކޮށްފައިވާ ލަޝްކަރުތައް ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ