ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމެއް ހެދުމަށް އީރާނުން އަނެއްކާވެސް އައު ހުށަހެޅުމެއް، އެމެރިކާއިން ދޫދޭތަނެއް ނުފެނޭ

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ:
TTH_Ads
STO_Ads
Advertisement

އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނުން އަނެއްކާވެސް އެމެރިކާއަށް އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

އީރާނު ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ މިކަން ހާމަކޮށްފައިވަނީ ތަސްނިމް ނިއުސް އޭޖެންސީންނެވެ.

އީރާނުގެ އައު ހުށަހެޅުން ހުށަހަޅާފައިވަނީ ޕާކިސްތާނު މެދުވެރިކޮށެވެ. އެއީ 14 ނުކުތާގެ ހުށަހެޅުމެކެވެ.

HajjCop_ads
Advertisement

މިފަހަރުގެ ހުށަހެޅުމުގައިވެސް އީރާނުން އިސްކަން ދީފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމަށް ނިންމުމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ދެކެވޭ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ އަދިވެސް ހުންނެވީ ތެހެރާނުގައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، އީރާނުން އެންމެބޮޑަށް ޑިމާންޑްކުރަމުންދާ އެއް ކަމަކީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން އަސްކަރީ ހަމަލާއެއް ނުދޭނޭކަމުގެ ކަށަވަރު ޔަގީންކަން ހޯދުމެވެ. އެކަން ކުރުމަށް އީރާނުން ހުށަހަޅާފައިވަނީ އދގެ ސަލާމަތީ މަޖިލިސް ތެރެއިންނެވެ.

ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އީރާނުން ހުށަހަޅާފައިވާ ޝަރުތުތައްވެސް ވާހަކަތަކުގެ ތެރޭގައި ހިމެނެއެވެ.

އީރާނުން ގެންދަނީ ހޮރްމޫޒު ކަނޑުއޮޅި މެނޭޖްކުރުމަށް އައު އުސޫލުތައް ކަނޑައަޅަމުންނެވެ. އަދި ހޮރްމޫޒު ހުރަސްކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށްވެސް އީރާނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމަ ހުރިހާ ދިމާއަކުން ހުއްޓާލުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި އަދި ގަނޑުކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލަން އެމެރިކާއިން ދެކޮޅު ހަދަމުންދާ ކަމުގެ ރިޕޯޓްތަކެއް އިއްޔެ ފެތުރިގެންދިޔައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އެމެރިކާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނުން މިއަދުވެސް ބުނެފައިވަނީ، ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން އީރާނުން އިސްކަންދޭ ކަމަށެވެ. އެޔާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރަން އުޅޭނަމަ އީރާނުގެ ރައްދު ވަރުގަދަ ވާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމުގެ ވާހަކަތައް ކުރިއަށް ދާއިރު، އީރާނާ ދެކޮޅަށް އަނެއްކާވެސް އަސްކަރީ ހަމަލާތައް ފަށަން އެމެރިކާއާއި އިސްރާއީލު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް ފެތުރިފައި ވެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ހަރަކާތްތައް އިތުރުކޮށްފައިވާ ކަމަށްވެސް، ފެންނަ ނިޝާންތަކުން އެނގެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މުޖުރިމު ނަތަންޔަހޫއާ ފޯނުން ގުޅައި ވާހަކަ ދެއްކީވެސް އީރާނަށް ހަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް