ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

TTH_Ads
STO_Ads
Advertisement

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް މިއަންނަ އަހަރުގެ ނިޔަލަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނިން ވަނީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާކޮށްދެއްވާފައެވެ.

އެސްޓީއޯގެ އަހަރީ އަންމު ޖަލްސާގައި ވާހަކަ ދައްކަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވަނީ އެސްޓީއޯއިން މިހާރު މަސައްކަތް ކުރަނީ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކަމަށް ވިދާޅުވެފައެވެ. މި ޕްލޭނަކީ އެކުންފުނީގެ ހިއްސާދާރުންގެ މަޝްވަރާގެ މަތިން އެކުލަވާލި ޕްލޭނެއް ކަމަށް ޝިމާދު ވިދާޅުވިއެވެ. މި ޕްލޭންގެ ދަށުން 2030 ވަނަ އަހަރާއި ހަމައަށް ވިޔަފާރިއާއި އާމްދަނީ ފުޅާކުރާނެ ގޮތާއި އަދި އެނޫންވެސް ކަންކަން ހިމެނޭހެން ސްޓްޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ.

މި ބޭސްލައިން ނުވަތަ ފެށުން ކަމަށް ބަލާފައިވަނީ މިިދިޔަ އަހަރުގެ ނަތީޖާތައް ކަމަށާއި އެ ނަތީޖާތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޕްލޭންގެ ދަށުން، ކުންފުނީގެ އާމްދަނީ އަދި ފައިދާ އިތުރުކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސް އަހަރަށް އެސްޓީއޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޝިމާދު ހާމަކޮށްދިނެވެ.

HajjCop_ads
Advertisement

އެސްޓީއޯގެ ފަސް އަހަރު ލަނޑުދަނޑިތައް:
އެސްޓީއޯއިން އެތެރެކުރާ މުދަލުގެ އެވައިލަބިލިޓީ %90 އިން %98 އަށް އިތުރުކުރުން
ކާބަން އެމިޝަން 30 އިންސައްތައަށް ކުޑަކުރުން
އައު ވިޔަފާރިތަކުން ލިބޭ އާމްދަނީ އަހަރުން އަހަރަށް %5 އިތުރުކުރުން
ހިއްސާދާރުންގެ ރައުސުލްމާލު ހިމާޔަތް ކުރުމަށް އިކުއިޓީ %15 ވުރެ ދަށް ނުކުރުން

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިލަނޑުދަނޑިތައް ހާސިލްކުރުމާއެކު އާމްދަނީން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

“މިކަންކަމުގެ ތެރެއިން ޖުމްލަ އާމްދަނީ 20 ބިލިޔަނަށް އިތުރުކޮށް ސާފު ފައިދާ 1 ބިލިޔަނަށް އިތުރުކުރުން. ﷲ އިރާދަކުރެއްވިއްޔާ އޭގެ ކުރިންވެސް މި ޓާގެޓްތަކަށް ވާސިލްވެވޭނެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާ ޕަބްލިޝް ކުރިއިރު ފުރަތަމަ ކުއާޓަރގަ ގާތްގަނޑަކަށް 240 މިލިޔަން ރުފިޔާ ލިބިފައިވޭ. މިދާ ޓްރެންޑުގައި ވެއްޖެއިއްޔާ މިއަހަރުން ނުނީ އަންނަ އަހަރު ލަނޑުދަނޑި ހާސިލްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް.” ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯއިން މިއަހަރު އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާ ބަލައި އިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއިން ވިދާޅުވީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، އަދި ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި

އެސްޓީއޯ ފިހާރަތަކުން އިނާޔަތް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި