ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮސްޓްރޭލިއާގައި ވީއެމްސީއާއި މޯލްޑިވިއަން ގުޅިގެން ޚާއްޞަ ހަރަކާތެއް

STO_Ads
Maldivian_Ads
TTH_Ads
Advertisement

އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ޤައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެން މެލްބަންގައި ޚާއްޞަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އެގޮތުން، އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ރޯޔަލް އެގްޒިބިޝަން ބިލްޑިންގްގައި 2026 މެއި 16 އިން 17 އަށް ކުރިއަށްދާ ‘ލަކްޝަރީ އެސްކޭޕްސް ލައިވް މެލްބަން 2026’ އެގްޒިބިޝަންގައި، ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި، މެލްބަން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ޗާޓަރ ދަތުރުތައް ވަނީ އިޝްތިހާރުކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤުޞަދަކީ އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، މަތީ ފަންތީގެ ލަގްޒަރީ، ވެލްނަސް އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ހަރުދަނާކުރުމެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މިއީ މޯލްޑިވިއަން އިން އަލަށް ފެށި މެލްބަން-މާލެ ޗާޓަރ ދަތުރުތައް އިޝްތިހާރުކޮށް، އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކޮށް، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

މި ދަތުރުގެ ތެރެއިން، ވިޒިޓް މޯލްޑިވްސް އާއި ލަކްޝަރީ އެސްކޭޕްސް އާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން 2026 މެއި 16 ވަނަ ދުވަހު މެލްބަންގައި ހުންނަ ލަކްޝަރީ އެސްކޭޕްސްގެ ހެޑް އޮފީހުގައި ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

“އޮސްޓްރޭލިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު އަދި ކުރިއަރަމުން އަންނަ މާކެޓެއް. ލަކްޝަރީ އެސްކޭޕްސް ލައިވް މެލްބަންގައި ބައިވެރިވުމަކީ އޮސްޓްރޭލިއާގެ ފަތުރުވެރިންނާ ސީދާ ގޮތެއްގައި ބައްދަލުކޮށް، ދާއިރާގެ ބައިވެރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް، މެލްބަން ޗާޓަރ ދަތުރުތައް ފެށުމާއެކު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އޮސްޓްރޭލިއާގެ ފަތުރުވެރިން ބޭނުންވާ މައިގަނޑު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.” ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ވަފުދުން ވަނީ ލަކްޝަރީ އެސްކޭޕްސްގެ ސީ.އީ.އޯ އެޑަމް ޝްވާބްއާ ބައްދަލުކުރައްވައި، ދާއިރާގެ މުހިންމު ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

‘ލަކްޝަރީ އެސްކޭޕްސް ލައިވް މެލްބަން’ ގައި ގާއިމުކޮށްފައިވާ “ޑިސްކަވަރ މޯލްޑިވްސް” ސްޓޯލުން، ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ މައުލޫމާތާއި، ހާއްސަ ޓްރެވަލް އޮފާތައް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ.

މި ސްޓޯލް މެދުވެރިކޮށް ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ފެށިގެން، ވެލްނަސް އަދި އާއިލީ ޗުއްޓީތަކާ ބެހޭ މައުލޫމާތު ލިބިގެންދިޔައެވެ. އަދި މި ހަރަކާތުގެ ތެރެއިން ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކާއި ޗާޓަރ ފްލައިޓްގެ ޕްރޮމޯޝަންތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ސަގާފަތާއި ތަފާތު ތަޖުރިބާތަކާ ބެހޭ މައުލޫމާތު މާހިރުންގެ ފަރާތުން ހޯދުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

މި ކެމްޕޭން ނިންމާލުމަށް ހަމަޖެހިފައިވަނީ 2026 މެއި 18 ވަނަ ދުވަހު މެލްބަން އެއާޕޯޓުގައި ބޭއްވޭ މޯލްޑިވިއަންގެ ޗާޓަރ ދަތުރުތައް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި މީޑިއާ ބައްދަލުވުންތަކާއި، އައު ރޫޓު އިފްތިތާހުކުރުމުގެ ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ދަނީ ބައިނަލްއަގުވާމީ މާކެޓުތަކުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށާއި، ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި އެކި ފަރާތްތަކާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކާއި ކެމްޕޭންތައް ހިންގަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ

Maldivian

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން

ޕެސިފިކް އޭޝިޔާގެ ޓްރެވަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ޝިއުރީ