ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ފިހާރަތަކުން އިނާޔަތް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

STO_Ads
TTH_Ads
Advertisement

އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް އެކުންފުނިން އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ އެސްޓީއޯގެ މިއަހަރު އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް “މައި އެސްޓީއޯ ލޯޔަލްޓީ” އަކީ މިދިޔަ އަހަރު އެކުންފުނިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ބަލައިގަނެ އެކުންފުނިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމުގައި ފުރަތަމަ ހިއްސާދާރުން ބައިވެރިކުރާއިރު، ހިއްސާދާރުން ލޯޔަލްޓީ ޕްރޮގްރާމުގައި ރެޖިސްޓަރ ކޮށްފައިވަނީ، އެންމެ މަތީ ދަރަޖަ “ޕްލެޓިނަމް” ގައި ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މިހާރު އެސްޓީއޯގެ ލޯޔަލްޓީ ކާޑު ހިއްސާދާރުންނަށް ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް ކްލެއިމް ކުރެވޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ ތިން ދަރަޖައަކަށެވެ. އެއީ ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ދަރަޖަ ނުވަތަ ކާޑެވެ. މިއިން ކޮންމެ ދަރަޖައަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެއެވެ. އެސްޓީއޯއިން ވިދާޅުވީ ވިޔަފާރިކުރައްވާ މިންވަރުން ކާޑުގެ ދަރަޖަ މަތިވެގެންދާނެ ކަމަށެވެ. ދަރަޖަތަކުގަ ޕޮއިންޓް ލިބޭ ނިސްބަތް ތަފާތުއިރު، ކޮންމެ ދަރަޖައަކުންވެސް އެއްކުރެވޭ ޕޮއިންޓް ވިޔަފާރި ކުރުމުގައި ރިޑީމްކޮށް ނުވަތަ ފައިސާ ކުރާ މުޢަމާލާތައް އަގު ދެއްކުމަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެސްޓީއޯއިން ވިދާޅުވީ، އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމުގެ ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން ކާޑު ބޭނުންކޮށް ވިޔަފާރި މުޢާމަލާތްތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި ޕޮއިންޓްތައް ބޭނުންކުރުމަށް 2 އަހަރު ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ލޯޔަލްޓީ ޕްރޮގްރާމުގެ ދަށުން އެންމެ ދަށް ދަރަޖައަށް އައުޓްލެޓްތަކުން ކުރާ މޫޢަމަލާތްތަކުން ލިބޭ ޕޮއިންޓް ގުނަ ނުކުރެވޭނެއެވެ. ނަމަވެސް ގޯލްޑް ދަރަޖައިން މަތީގެ ކާޑުތަކުގައި ކޮންމެ މުޢާމަލާތްތަކަށް ލިބޭ ޕޮއިންޓް ގުނަ ކުރާނެއެވެ. އެގޮތުން ގޯލްޑް ކާޑުތަކަށް 1.5 ނިސްބަތުން ޕޮއިންޓް ގުނަކުރާއިރު، ޕްލެޓިނަމް ކާޑުތަކަށް ލިބޭ ޕޮއިންޓް 2 ގުނަ ވާނެއެވެ.

އެސްޓީއޯ ލޯޔަލްޓީ ކާޑު މެދުވެރިކޮށް ވިޔަފާރިކުރެވޭ އައުޓްލެޓްތައް
– އެސްޓީއޯ ޕީޕަލްސް ޗޮއިސް (މާލެ)
– އެސްޓީއޯ ޕީޕަލްސް ޗޮއިސް (ހުޅުމާލެ)
– އެސްޓީއޯ މަކިޓާ ޝޯވ ރޫމް
– އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯވ ރޫމް (ހުޅުމާލެ)

މިވަގުތު ލޯޔަލްޓީ ޕްރޮގްރާމުގައި ރަޖިސްޓަރ ކުރެވިފައިވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުން ކަމުގައިވީނަމަވެސް ކުރިމަގުތައި ލޯޔަލްޓީ ޕްރޮގްރާމުގައި އާންމު ކަސްޓަމަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ އަހަރު އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި