ވ. އަތޮޅުގައި ފީނަންގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީވިލާގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވ.އަތޮޅުގައި ފީނަން ގޮސްއުޅެނިކޮށް އިޓަލީވިލާތުގެ 5 މީހަކު ގެއްލުނު ޙާދިސާގައި އިޓަލީގެ ސަރުކާރަށާއި އިޓަލީ ރައްޔިތުންނާއި އެޙާދިސާގައި ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސް ވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއާއި އިޓަލީ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މިޙާދިސާގެ އަޑުއެއްސެވީ ފުންހިތާމައާއެކުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ ހެޔޮދުޢާ ގެއްލިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާއާއެކުގައިވާކަމަށެވެ.
Dr Mohamed Muizzu@MMuizzuDeepest condolences to President Sergio Mattarella and the people of Italy following the tragic diving incident in Vaavu Atoll, Maldives yesterday. We are deeply saddened by this tragedy, and our thoughts and prayers are with the families of the deceased Italian, the missing four …ގެއްލިގެން ހޯދަމުން އަންނަ އިޓަލީގެ 4 ރައްޔިތުން ހޯދުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އޮޕަރޭޝަނެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި އިޓަލީ ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާވަނީ އިޓަލީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ވ.އަތޮޅުގައި ފީނުމަށް ޚާއްސަ ސަރަޙައްދެއްގައި ފީނަން ގޮސްއުޅެނިކޮށް ގެއްލިފައިވަނީ އިޓަލީގެ 5 ރައްޔިތުންނެވެ. މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު އަނެއް 4 މީހުން ހޯދުމަށް އެމްއެންޑީއެފްގެ ރެސްކިއު ޓީމުންދަނީ ހަރަކާތްތެރިވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.