ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

އިސްތިއުމާރީ ސިފައިން ލުބުނާނަށް މިއަދު ބޮންއަޅަނީ:
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ އެކި ހިސާބުތަކަށް ބޮން އެޅުމުގެ ސަބަބުން މިއަދުގެ މިހާތަނަށް އެކަނިވެސް 9 މީހުން މަރުވެފައިވާ ކަމަށް، ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މަރުވި 9 މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެއެވެ.

އިސްތިއުމާރީ ސިފައިން މިއަދު ލުބުނާނަށް ވަރުގަދަ ވައިގެ ތިން ހަމަލާ ދީފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

އެއް ހަމަލާ ދީފައިވަނީ ލުބުނާނުގެ އައްސޭރިފަށުގެ ބަރްޖާ، ޖިޔޭހް އަދި ސާދިޔަތަށް ބޮންއަޅާފައި ވާއިރު، ދެން ބޮންއަޅާފައިވަނީ ވެރިރަށް ބެއިރޫތާއި ސިޑޯން އާ ދެމެދު އޮންނަ ހައިވޭއަށެވެ. ދެން ބޮން އަޅާފައިވަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށެވެ.

މި ރަށްތަކަށް ދިން ހަމަލާތަކުގައި 8 މީހުން މަރުވިއިރު، ސިޑޯންގެ އުތުރުގައި ހުރި ރަފީގް ހަރީރީ ސްޕޯޓްސް ސިޓީއަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި އެކަކު މަރުވި ކަމަށް، ލުބުނާނު ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ހެދި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުވެސް އިސްތިއުމާރީ ސިފައިން ގެންދަނީ ކެނޑިނޭޅި ލުބުނާނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. އަދި ލުބުނާނުގެ ދެކުނު ހިސާރުކޮށްގެން ތިބި އިސްތިއުމާރީ ސިފައިން ގެންދަނީ އެއްގަމުމަގުންވެސް އުދުވާނުތައް ހިންގަމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިސްތިއުމާރީ ސިފައިން މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 2،840 މީހުން މަރުވެފައި ވެއެވެ. އޭގެތެރޭގައި އެތައް ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 8،690 އަށް އަރާފައި ވެއެވެ.

އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ލުބުނާނުގެ އެކި ހިސާބުތަކަށް ބޮންއަޅަމުން ގެންދާތީ، ލުބުނާނުގެ ހިޒްބުﷲއިން ގެންދަނީ ލުބުނާނުގެ ދެކުނު އިސްތިއުމާރު ކޮށްގެންތިބި ދުޝްމަނުންނަށް ޑްރޯންއާއި، މިސައިލާއި ރޮކެޓާއި އަދި އެނޫން ހަތިޔާރުވެސް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލުގެ އުތުރަށްވެސް ހަމަލާތައް ދެމުން ގެންދެއެވެ. މި ހަމަލާތަކުގައި ދުޝްމަނުންގެ އެތައް ބަޔަކު ކޮންމެ ދުވަހަކު މަރައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި

ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފޭބުމަށް އިސްތިއުމާރީ ސިފައިން އިންޒާރުދެނީ، ހަމަލާތައް ހުއްޓާނުލާ