ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަންޏެއް ނުވޭ: ހީނާ

Heena
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެފައިވާ މާޙައުލެއް ނޫން ކަމަށެވެ. އަދި އެ ޙައްޤުތައް ނިގުޅައިގަނެފައި ނުވާ ކަމަށާއި، މިއަދު މިއުޅެނީ އެ ޙައްޤުތައް އެއްވެސް އިމެއް ނެތި ތަންމިނަށް ހުޅުވާލުމުން އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކުރާ މައްސަލައިގައި ކަމަށް ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދޭ. ޖަލަކަށްވެސް ނުލާ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭ،” ހަޤީޤަތް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ހީނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ‘ގެގް އޯޑަރެއް’ ނެރުއްވާފައި އޮތުމުން، އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި، ދޮގު އިލްޒާމް އަޅުވައިގެން ސިޔާސީ ނަފާ ހޯދުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުންކުރުން ފެތުރެމުންދަނީ ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން ކަމަށްވެސް އެކަމަނާ ސިފަކުރެއްވިއެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

“ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ،” ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ފުޅާ ފުރުޞަތުތަކެއް ދެއްވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609121117361789237056.6345

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީން: ހީނާ

Heena

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

Heena

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

Heena

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ