ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީކާއީލްގެ ހޫނު ރައްދެއް ނަޝީދަށް: އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން

WhatsApp Image 2026 05 10 at 16.38.10
TTH_Ads
STO_Ads
Advertisement

އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމް ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ ވިދާޅުވީ، ނަޝީދުގެ ޓީމުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

“އާންމު މެންބަރުންނަށް މެޓަރ ވަނީ ބޮޑުވަޒީރެއް ނޫން. ހަމަ އެއްކަލަ ފޮތް ފަންސޫެރު، ޕާޓީގެ ވަކިލާރި. ޕާޓީގެ ސިޔާސަތު އަދި ޕާޓީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް އޮތް ބައެއް ޕާޓީއާ ހަވާލުވުން. އެހެންމަ އެވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން، އަދި ތަކުރާރުކޮށް ހަމަ އަޅުގަނޑު ދަންނަވާލަން މިހާރު ހިނގަމުން މިދަނީ އެމްޑީޕީ ޗެއާޕާސަނެއްގެ އިންތިޚާބު، މީކީއެއް ރިޔާސީ ޕްރައިމަރީއެއް ނޫން.،” މީކާއީލް ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނާނެ އަދި ދައްކާ ވާހަކައާއި އަމަލާ ދިމާވާނެ އިތުބާރު ހުރި ފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކުރުމަށް ކަމަށެވެ.

ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އިންތިޚާބުގެ ނަތީޖާއަށްފަހު ޕާޓީގައި ދެމިތިބޭނެތޯ ކުރާ ސުވާލު ކަމަށެވެ. 2023 ގެ ރިޔާސީ ޕްރައިމަރީއަށްފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ މާހައުލެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ނުދާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެމްޑީޕީ އުފެދުމުގައި ގިނަ ބައެއްގެ ގުރުބާނީ އޮތްކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ، ޕާޓީއަކީ އެންމެ ފަރުދެއްގެ ގުރުބާނީއަކުން އުފެދުނު އެއްޗެއްގެ ގޮތުގައި ސިފަކުރުމަކީ އަލްމަރްހޫމް ގޯގޯ ލަތީފް ފަދަ ބޭފުޅުންނާއި، އީވާން ނަސީމްގެ އާއިލާ ފަދަ ގިނަ ބައެއްގެ ގުރުބާނީއަށް ކުރެވޭ ކުޑައިމީސް ކުރުމެއް ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި

H6txovzbmjojwefnjhdb

އެމްޑީޕީގެ މަގާމުތައް ކުރިން ބަހައިފިނަމަ ޕާޓީ ބައިބައިވުމުގެ ބިރު އެބައޮތް ކަމަށް މީކާއިލް ވިދާޅުވެއްޖެ

43

މީކާއީލްގެ ވަރުގަދަ ރައްދެއް ނަޝީދަށް: މިއުޅެނީ ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯދާކަށްނޫން

43

ޗެއާޕާސަން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ތާއީދުކުރަނީ މީކާއީލްއަށްކަން ހާމަކޮށްފި