ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި

Sstv FORM FOR EC
Maldivian_Ads
STO_Ads
TTH_Ads
Advertisement

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ބޭއިންސާފުން ކަމަށާއި، އެހެންނަމަވެސް މިހާތަނަށް ވޯޓުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގެ ގަލޮޅު މަދަރުސާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މީކާއިލް ވަނީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އޭނާއަށް ވޯޓުލާން ބޭނުންވާ ބައެއް މީހުންގެ ނަންތައް ގަސްތުގައި ވޯޓާސް ލިސްޓުން ވަނީ އުނިކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންދިއުމާއި، ފަޅާލާފައިވާ ވޯޓު ފޮށިތަކަށް ވޯޓުލާން އެންގުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ. މިއީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީގައި އޭނާ ދެކެން ބޭނުންވި މަންޒަރެއް ނޫންކަން ފާހަގަކުރައްވައި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށްދިނުމަށް ޕާޓީގެ އިލެކްޝަންސް ކޮމިޓީއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 2:30 އިން ރޭގަނޑު 8:30 އަށް ކުރިއަށްދާއިރު، ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އެގޮތުން ގދ. ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލާފައިވަނީ ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސްޓުގައި ނެތުމުން އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ނަމަވެސް އެ ފޮއްޓަށް އަލުން ވޯޓުލާން މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ފ. ފީއަލީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވެސް މައްސަލަ ޖެހިގެން މަރުކަޒުން ބޭރަށް ނެރެފައިވާއިރު، އެ ރަށުގައި މިވަގުތު ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ. މިފަދަ ހިތާމަވެރި ކަންކަން ހިނގަމުންދިޔަ ނަމަވެސް، ވީހާވެސް ގިނަ މެމްބަރުން ނުކުމެ ވޯޓުލުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ